English Edition
Dhivehi Edition

އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ދެއްވި ދައުވަތަކަށް ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް ބިން މޫސާ ރާއްޖެ ވަޑައިގެންފިއެވެ. ޒިމްބާބުވޭގެ މުފްތީ ރާއްޖެ ވަޑައިގެން ދެއްވާ ފުރަތަމަ ދަރުސް އޮންނާނީ މިރޭ 20:15 ގައި މާލޭގެ ކާނިވާ ސަރަހައްދުގައެވެ. މިރޭގެ ދަރުސް ހާއްސަ ކުރެވިފައި ވަނީ “ރިލިޖިއަސް ރިހެބްލިޓޭޝަން” މި މައުޟޫގެ މައްޗަށެވެ.

https://fbwat.ch/1cZLpM4mDRv0226x

މުފްތީ މެންކް ގެ ދެވަނަ ދަރުސް ދެއްވުމަށް ހަމަޖެހިފައި ވަނީ މާދަމާރޭ އައްޑޫ ސިޓީ ނޫރާނީ ސްކޫލުގައެވެ. މުފްތީގެ ދެވަނަ ދަރުހުގައި އަލިއަޅުއްވާނީ އިސްލާމް ދީނުގެ މަގުން ބައެއް މުސްލިމުން ކައްސައިލަނީ ކީއްވެގެންތޯ އާއި، ދީން މަތީ ދެމިތިބުމަށް ކުރެވިދާނެ ކަންކަމަށެވެ.

މުފްތީ މިމަހު 16 ވަނަ ދުވަހު ދަރުސް ދެއްވާނީ ހދ. ކުޅުދުއްފުށީގައި އެވެ. އެ ދަރުސް އޮންނާނީ ކުޅުދުއްފުށީ ސްކޫލުގައި އެވެ. އެ ދަރުހުގައި ދީން ބައެއް މީހުން ދެކެމުން އަންނަ ނަޒަރިއްޔާ އާއި ބެހޭ ގޮތުންނާއި ދީނީ އަސްލު ނަޒަރިއްޔާ އަކީ ކޮބައިކަމަށްވެސް އަލިއަޅުއްވާނެއެވެ.

ރާއްޖޭގައި މުފްތީ ދެއްވާ ދަރުސްތައް ޕީއެސްއެމް އިންނާއި ސަންގު ޓީވީ، އަދި ރާއްޖެ ޓީވީން ލައިވް ކުރުމަށް ވަނީ ހަމަޖެހިފައި އެވެ.