English Edition
Dhivehi Edition

އިރާޤުގެ ވެރިރަށް ބަޣުދާދުގެ އިންޓަނޭޝަނަލް އެއާޕޯޓަށް ހަމަލާދީ އީރާންގެ އަލް-ގުދުސް ފޯސްގެ ކޮމާންޑަރު ޖެނެރަލް ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމާއި ގުޅިގެން މެދުއިރުމަތީގެ ގައުމުތަކާއި އެމެރިކާ އާއި ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވެ އެމެރިކާ ކިބައިން އެކަމުގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު އީރާނުން ދީފިއެވެ.

އަލް-ގުދުސް ފޯސްގެ ކޮމާންޑަރު ޖެނެރަލް ސުލައިމާނީ އަވަހާރަކޮށްލުމަކީ ހަނގުރާމައެއްގެ ފެށުން ކަމުގައި ބޭރުގެ މީޑިއާތަކުން ސިފަކޮށްފައިވާއިރު، އީރާން ގެ ލީޑަރު ވިދާޅުވީ އަވަހާރަކޮށްލި ކޮމާންޑަރު އަބަދުވެސް ބޭނުންފުޅުވީ ޝަހީދެއްގެ ދަރަަޖަ ލިބުމަށް ކަމަށެވެ. އަދި މިއަދު އެކަން ހާސިލްވެފައިވާކަމަށާއި އަދި ކޮމާންޑަރުގެ ލޭގެ ބަދަލު ހިތި ގޮތަކަށް ހިފާނެ ކަމަށެވެ. މީގެ އިތުރުން އިއްޔެގެ އީރާނުގެ ހުކުުރު ހުތުބާ ބައިނަލްއަގްވާމީ މިީޑިއާތަކުން ދުރަށް ދައްކާފައިވާއިރު ހުތުބާގައި ވަނީ އެމެރިކާގެ ފަރާތުން ބަދަލު ހިފާނޭކަމަށާއި އެމެރިކާއަށް ދެން ދުނިޔޭގެ އެއްވެސް ހިސާބެއްގައި ސުލްހަވެރިކަމާއެކު ނުތިބެވޭނެ ކަމަަށް ވިދާޅުވެފައެވެ.

މީގެ އިތުރުން އީރާގުގެ ބޮޑު ވަޒީރު ނެރުއްވި ބަޔާނުގައި ވިދާޅުވީ އީރާނުގެ ކޮމާންޑަރު އަވަރާކޮށްލަން ދިން ހަމަލާއަކީ އެމެރިކާގެ ސިފައިން އިރާގުގައި ބޭތިއްބުމަށް ވެފައިވާ އެއްބަސްވުމާއި ހިލާފަށް ދިން ހަމަލާއެއް ކަމަށެވެ. އަދި ބޮޑު ވަޒީރުވަނީ ދެން ކުރިއަށްދާނެ ގޮތެއް ނިންމުމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ހާއްސަ ބައްދަލުވުމަކަށް ގޮވާލާފައެވެ.

މިހާރު ސުލެއިމަނީގެ ހަށިކޮޅު ގައުމަށް އެނބުރި ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނައިރު ފަސްދާނުލާނެ ވަގުތެެއް އަދި އިއުލާންކޮށްފައެއް ނުވެއެވެ. ސުލެއިމަނީ އަވަހާރަކޮށްލުމާއި ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކުން އެކަން ކުށްވެރިކޮށްފައިވާއިރު އިސްރާއިލާއި ޖަރުމަނުން ވަނީ މި ހަމަލާ އާއި ގުޅިގެން އެމެރިކާއަށް ތައުރީފްކޮށްފައެވެ.

މީގެ އިތުރުން އިސްރާއީލް ކުއްލި ހާލަތަކަށް ގެނެސް ބޮޑުވަޒީރު ނަތަންޔަހޫ ގްރީސްއަށް ކުރަމުންދިޔަ ދަތުރު މެދުކަނޑާލުމަށް މިހާރު ވަނީ ގައުމަށް އެބުރު ވަޑައިގެންފައެވެ. އެ ގައުމު ކުއްލިި ހާލަތަކަށް ގެނެސްފައި ވަނީ އީރާން އިން ބަދަލު ހިފުމުގެ ހަމަލާތަކެއް ލުބްނާންގެ ހިޒުބުاللهِ އާއި ފަލަސްތީނުގެ ހަމާސް އާއި އިސްލާމިކް ޖިހާދު މެދުވެރިކޮށް ދީފާނެތީކަމަށް މީޑިއާތަކުންވަނީ ބުނެފައެވެ.