English Edition
Dhivehi Edition
ގޯދިއްޔާ އާޢ މުލިމަތި ބައްަދަލު ކުރި މެޗުގެ ތެރެއިން / ފޮޓޯ: އަލީ ނާސިރު

އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕްގައި މުލިމަތި ބަލިކޮށް މަރަދޫ ގޯދިއްޔާ ސެމި ފައިނަަލަށް ދިއުމުގެ ފުރުސަތު ބޮޑުކޮށްފިއެވެ.

މިމުބާރާތުގައި ގޯދިއްޔާ ސެމީ ފައިނަލަށް ދިއުމަށް މިހާރު އޮތީ، ގްރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައިއެވެ. ގޯދިއްޔާ އާއި މީދޫގެ މުލިމަތި ޔުނައިޓެޑް ބައްދަލު ކުރި މެޗު 2-5 އިން ކާމިޔާުބު ކުރީ ގޯދިއްޔާއެވެ. މިމެޗުގެ ފުރަތަމަ ހާފުގެ ކުޅުމުގެ ތެރެއިން ފުރަތަމަ ލަނޑު ޖެހީ، ގޯދިއްޔާގެ ހަސަން އަތޫފްއެވެ. މެޗުގެ 9 ވަނަ މިނެޓުގައި ޖެހި އަތޫފްގެ ލަނޑާއި އެކު މާގިނަ އިރުތަކެއް ނުވެ 11 ވަނަ މިނެޓުގައި އެޓީމަށް އިތުރު ލަނޑެއް. ހަސަން ލައުހު ކާމިޔާބު ކޮށްދިނެވެ. މިއާއި އެކު މުލިމަތިން ހަމަލާތަށް އިތުރު ކުރިއެވެ. އެގޮތުން އެޓީމުގެ ރައްޔާން މުއްސަދު މަންސޫރު ގޯދިއްޔާ ގޯލު އެޓީމަށް ހުޅުވައި ދިނެވެ. ނަމަވެސް ފުރަތަމަ ލަނޑު ޖެހި އަތޫފު ވަނީ ފަރަޤު ގޯދިއްޔާ ޓީމަށް ބޮޑު ކޮށްދިނުމަށް އިތުރު ލަނޑެއް 18 ވަނަ މިނެޓުގައި ކާމިޔާބު ކޮށްފައެވެ. މިހާފު ނިމުމުގެ ކުރިން، މުލިމަތި ޓިމުގެ ރައްޔާން އިތުރު ލަނޑެއް ޖަހައި އެޓީމަށް ނަތިޖާ ކައިރި ކޮށްދިނެވެ. މިހާފު ނިމިގެން ދިޔައީ 2-3 ގެ ނަތީޖާ އަކުން ގޯދިއްޔާ ކުރީގައި އޮވެގެންނެވެ.

މުލިމަތި ޓީމަށް ދެވަނަ ހާފުގައި ރަނގަޅު ކުޅުމެއް ނުދެއްކެވެ. އެގޮތުން ކީޕަރު އަތުން ހެދުނު މިސްޓޭކްސް މުޅި މެޗުގައި ފާހަގަ ކުރެވުނެވެ. އެއާއި އެކު އެޓީމުން ވަނީ ކޕަރު މިހާފުގައި ބަދަލުވެސް ކޮށްފައެވެ. މިހާފުގައި ގޯދިއްޔާ ޓީމުގެވިޝާން ހަބީބް ވަނީ އެޓީމަށް ފަރަޤު ބޮޑު ކުރުަމަށް ދެ ލަނޑު ޖަހައި ދީފައެވެ. އެގޮތުން ފުރަތަމަ ލަނޑު 57 ވަނަ މިނެޓުގައި ޖެހި އިރު، ދެވަނަ ލަނޑު ޖަހާފައި ވަނީ 64 ވަނަ މިނެޓުގައިއެވެ. މިހާފުގައި ދެޓީމަށް ވެސް ސްކޯ ކުރަން ރަނގަޅު ފުރުސަތު ލިބުނެވެ. ނަމަވެސް ގިނަ ހަމަލާތަށް އެތެރެ ކުރެވޭ ގޮތް ވަނީ ނުވެފައެވެ.

މިމެޗާއި އެކު ގޯދިއްޔާ ގްރޫޕުގެ ދެވަނަ ގޯލު ތަފާތު ހޯދައެވެ. މުލިމަތި 3 ވަނައި މިވަގުތު 3 ޕޮއިންޓާއި އެކު އޮތް އިރު، ސެމީ ފައިނަލަށް ދިއުމަށް ކުރިއަށް އޮތް މެޗުގައި މިހާރު ސެމީ ފައިނަލަށް ގޮސްފައިވާ އެފްސީ ބޭރުމަތި ބަލި ކުރަން ޖެހެއެވެ. މިދެ ޓީމު މީގެ ކުރިން ބައްދަލު ކުރި މެޗު ބޭރުމަތި ފަސޭހައި ވަނީ ކާމިޔާބު ކޮށްފައެވެ. މިމުބާރާތުގައި މިއަދު ކުޅޭނީ، ރިވެރިން އާއި ޒެފިއާއެވެ. މިމެޗު ފެށުމަށް ހަމަ ޖެހިފައިވަނީ ހަވީރު 4:00 ޖަހާއިރުއެވެ.