އައްޑޫ ފުޓުބޯޅަ ޗެމްޕއިަންޝިޕުގެ ތަށި ބޭރުމަތި އުފުލާލަނީ /ފޮޓ؛ އަލީ ނާސިރު
އައްޑޫ ފުޓުބޯޅަ ޗެމްޕއަންޝިޕް، އެފްސީ ބޭރުމަތި ހޯދައިފި
2 ހަފްތާ ކުރިން
އަލީ އަބްދުﷲ

އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް، ވަރުގަދަ ފޭދޫ ބޮޑު ތަފާތަކުން ބަލި ކުރުމަށް ފަހު އެފްސީ ބޭރުމަތި ހޯދައިފިއެވެ.

Advt

މިމުބާރާތް އެފްސީ ބޭރުމަތި ކާމިޔާބު ކުރީ، 6-2 އިންނެވެ. ފޭދޫ ސްޕޯޓްސް އާއި އެފްސީ ބޭރުމަތީގެ މިމެޗުގެ ފުރަތަމަ ލަނޑު ޖެހީ، އެފްސީ ބޭރުމަތީ ޓީމުގެ މިރާހު މުހައްމަދުއެވެ. ފުރަތަމަ ހާފުގައި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ގިނަ ލަނޑުތަކެއް ފެނިގެން ދިޔައީ ދެވަނަ ހާފުގައެވެ. ދެވަނަ ހާފުގައި ފޭދޫ ސްޕޯޓްސް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ، އެޓީމުގެ އަލީ ލިރުއާމްއެވެ. ނަމަވެސް ބޭރުމަތި ޓީމުގެ އިބްރާޙިމް ސިރާޖު އާއި ހަސަން ރައީފް ލަނޑު ޖަހައި ވަނީ އެފްސީ ބޭރުމަތި، އަށް ލީޑު ނަގައި ދީފައެވެ. މިހާފުގައި އެޓީމުގެ މިރާޙު މުހައްމަދު އިތުރު ދެލަނޑު ޖަހައި މެޗުގައި ހެޓްރިކް ވަނީ ހަދާފައެވެ. ފޭދޫ ޓީމުގެ އަލީ ލިރުއާމް އެޓީމަށް ފަރަޤު ކުޑަ ކުރަން އިތުރު ލަނޑެއް ލިބުނު ޕެނަލްޓީ ފުރުސަތުގައި ވަނީ ޖަހާފައެވެ. ނަމަވެސް ބޭރުމަތީގެ މުހައްމަދު މަމްނޫން ފޭދޫ ޓީމު ކޮޅަށް އިތުރު ލަނޑެއް ޖަހައި 4 ލަނޑުގެ ތަފާތުން ބޭރުމަތި އަށް މުބާރާތުގެ ތަށި އުފުލާލުމުގެ ފުރުސަތު ދިނެވެ.

Advt

Advertisement

މުބާރާތުގެ ފައިނަލު މެޗަށް ފަހު ޓީމުތަކާއި ކުޅުންތެރިންނަށް ވަނީ ތައްޓާއި ހަނދާނީ ލިއުން ދީފައެވެ.  އެގޮތުން މުބާރާތުގެ އެންމެ މޮޅު ކީޕަރަކަށް ބޭރުމަތި ޓީމުގެ ކީޕަރު އަލީ ނާއިމް ހޮވުނުއިރު، އެންމެ މޮޅު ޑިފެންޑަރަކަށް ހޮވުނީ އެޓީމުގެ މުހައްމަދު ސާޖިދެވެ. އެންމެ މޮޅު މިޑްފީލްޑަރަކަށް ފޭދޫ ސްޕޯޓްސްގެ އަލީ ނާފިއު ހޮވުނުއިރު ފެއާ ޕްލޭ ކުޅުންތެރިއާގެ މަގާމު ލިބުނީ ހަމަ އެޓީމުގެ ކެޕްޓަން އަހުމަދު ސައީދު (އަންމަޓީ) އަށެވެ. މުބާރާތުގެ ޓޮޕް ސްކޯރާ އަދި އެންމެ މޮޅު ފޯވާޑަކަށް ހޮވުނީ، މުޅި މުބާރާތުގައި ކުޅުނު 6 މެޗުން 9 ލަނޑު ޖަހައިގެން ފޭދޫ ސްޕޯޓްސް އަލީ ލިރުއާމްއެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުން ތެރިއަކަށް ހޮވިފައި ވަނީ އެފްސީ ބޭރުމަތީގެ ހާޒިމް ފައުޒީއެވެ.

ގިނަ އަދަދެއް ޒުވާން ކުޅުންތެރިން ފެނިގެން ދިޔަ މިމުބާރާތުގެ 20 އަހަރުން ދަށުގެ އެންމެ މޮޅު ދެ ކުޅުންތެރިންނަށް ހޮވިފައިވަނީ ފޭދޫ ސްޕޯޓްސްގެ ސަޔަމް ސައީދުގެ އިތުރުން ގޯދިއްޔާ ޓީމުގެ އަބްދުﷲ ލައުސަންއެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީ ބޭރުމަތި ޓީމުގެ ކޯޗު އަހުމަދު ނަސީމްއެވެ. ފެއާ ޕްލެއި ޓީމަކަށް ހޮވިފައި ވަނީ އެފްސީ ބޭރުމަތިއެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް ތައްޓާއި ފައިސާގެ އިނާމު ހަވާލު ކޮށްދެއްވީ މިމެޗުގެ ޝަރަފުވެރި މެހެމާނު ކޮމިޝަނަރ އޮފް ސްޕޯޓްސް ހީނާ އަހުމަދު ސަލީމްއެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000ރ. ގެ ފައިސާގެ އިނާމެއް ދީފައި ވާއިރު، މުބާރާތުގެ ރަރަޕް ޓީމަށް 10،000ރ. ވަނީ ދީފައެވެ. މެޗަށް ފަހު ވާހަކަ ދައްކަވަމުން އައްޑޫސިޓީ މޭޔަރ އަބްދުﷲ ސޯދިޤު (ސޯބެ) ވަނީ އަންނަ އަހަަރުވެސް މިމުބާރާތް އެއްބައި ވަންތަކަމުގެ ދުވަހު ބާއްވާނެ ކަން އިއުލާން ކުރައްވާފައެވެ.