English Edition
Dhivehi Edition

ކެންސަރަށް ފަރުވާ ކުރަމުން ދިޔަ 15 އަހަރުގެ ފިރިހެން ދަރިފުޅުގެ އައިވީ ތެރެއަށް އެކުއްޖާގެ ބޮޑުކަމުދާ ތަކެތި އެޅި އަންހެނަކު 7 އަހަރަށް ޖަލަށް ލާން ޙުކުމް ކޮށްފިއެވެ.

އެމެރިކާގެ ޢުމުރުން 41 އަހަރުގެ ޓިފަނީ އަލްބާޓް ނަމަކަށް ކިޔާ މި އަންހެން މީހާ އެކަން ކޮށްފައިވަނީ ކެންސަރަށް ފަރުވާ ކުރުމަށް ދަރިފުޅު އިންޑިއާނާޕޮލިސް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވަނިކޮށެވެ.

ތަޙްގީގުގައި އަލްބާޓު ބުނެފައިވަނީ އޭނާ އެކަން ކުރީ އިންޓެންސިވް ކެއަރ ގައި އޮތް އެ ދަރިފުޅު އެއަށް ވުރެ ރަނގަޅު ޚިދުމަތް ލިބޭ އެހެން ޔުނިޓަކަށް ބަދަލު ކުރުމުގެ ނިޔަތުގައި ކަމަށެވެ.

އައިވީ ގެ ތެރެއަށް ނަޖިސް އެޅިފަހުން ލިއުކީމިއާ އަށް ފަރުވާ ކުރަމުން އައި އެކުއްޖާ ފަރުވާ އަށް ފަހު ގެއަށް ފޮނުވާލި ނަމަވެސް އޭގެ ދުވަސް ކޮޅެއްފަހުން ހުން އައިސް، ހޮޑު ލައި، ބޭރަށް ހިންގާތީ އަލުން އެޑްމިޓް ކޮށް ފަރުވާ ދޭން ފެށުނެވެ.

ޓެސްޓު ތަކުގެ ނަތީޖާއިން ކުއްޖާގެ ލޭގައި އިންފެކްޝަނެއް ހުރި ކަމަށާއި ބޮޑު ކަމުދާ ނަޖިހުގައި ހިމެނޭ މާއްދާ އެއްކަމަށް ވާ “ސެޕްސިސް ” ހުރުމުން ހޮސްޕިޓަލުން ވަނީ ޝައްކު އުފެދޭ ކަންތައް ތަކެއް ހުރި ކަން ފާހަގަ ކޮށް ސީސީކެމެރާ ފުޓޭޖް ޗެކްކޮށްފައެވެ.

އެކުއްޖާގެ އައިވީގެ ތެރެއަށް ސިރިންޖަކުން އަލްބާޓް، ނަޖިސް ފޮނުވަނިކޮށް ކެމެރާ ފުޓޭޖުން ފެނިފައި ވެއެވެ.

ގިފްޓް ބޭގަކަށް ލައި ފާޚާނާ ތެރޭބަހައްޓައި ފޮރުވައިގެން ގެންގުޅުނު ބޮޑު ކަމުދާ ތަކެތި ބޭނުން ކޮށްގެން އެ ޢަމަލު ހިންގި ކަމަށް އަލްބާޓް ވަނީ ޝަރީޢަތުގައި އެއްބަސް ވެފައެވެ.