English Edition
Dhivehi Edition

 

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ފަރުވާއަށްފަހު އައިޖީއެމްހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

އާލާސްކަންފުޅާ އުޅުއްވާތީ އައިޖީއެމްއެޗްގައި ރައީސް މައުމޫނު އެޑްމިޓްކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހުގެ ފަތިހު ގެ ވަގުތެއްގައެވެ.

އެ މަނިކުފާނު ހޮސްޕިޓަލުގައި އެޑްމިޓްކުރީ އަރިދަފުސް ރޯގާ ރަނގަޅު ނުވެ ދިގުލައިގެން ދިއުމުން، ޓެސްޓުތަކެއް ހެދުމަށެވެ.

ހޮސްޕިޓަލުން ދޫކޮށްލުމުން މިއަދު އެމަނިކްފާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންފެކްޝަން ރަނގަޅު ވުމުން ގެއަށްބަދަލުވެއްޖެ ކަމަށާއި ﷲ ގެ ހެޔޮ ރަޙްމަތަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

” މާތް ﷲގެ އިރާދަފުޅުން އަޅުގަނޑަށް ޖެހުނު އިންފެކްޝަން ރަނގަޅުވުމުން، މިހާރު ހޮސްޕިޓަލުން ގެއަށް އަތުވެއްޖެ އިން. މާތް ﷲގެ ރަހުމަތަށް އަޅުގަނޑު ޝުކުރުވެރިވަން. އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި ނަރުހުން ނާއި މެނޭޖްމެންޓުން އަޅުގަނޑަށް ވެދެއްވި އެހީތެރިކަމަށް ޝުކުރުއަދާ ކުރަން،”

ރައީސް މައުމޫންގެ ދަރިކަނބަލުން އަދި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވެސް ވަނީ އެމަނިކްފާނުގެ ޙާލު ރަނގަޅު ކަމަށް ވިދާޅުވެފައެވެ. އެކަމަނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް މައުމޫންގެ ހާލުކޮޅު ވަރަށް ރަނގަޅު ކަމަށާއި، އެމަނިކުފާނަށް ފަރުވާ ދެއްވަމުން ގެންދަވާ އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި ނަރުހުންގެ ޓީމަށް ޝުކުރު ދަންނަވާ ކަމަށެވެ.