ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ހާލުކޮޅު މިހާރު ވަރަށް ރަނގަޅު ކަމަށް އެމަނިކުފާނުގެ ދަރިކަނބަލުން އަދި މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް، ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.
ޔުމްނާ މިހެން ވިދާޅުވީ ރޭ ކުރެއްވި ޓްވީޓެއްގަ އެވެ.
Raees @maumoonagayoom haalukolhu miadhu iraadha kureviyyaa varah rangalhu. Alhamdhulillaahi. Raees Maumoon ah faruvaa dhevvamun gendhavaa @igmhmv Doctarunnaai naruhunge teamah shukuru dhannavan.
— Yumna Maumoon (@yumna_maumoon) January 1, 2020
އެ ޓްވީޓްގައި ޔުމްނާ ވިދާޅުވެފައި ވަނީ ރައީސް މައުމޫންގެ ހާލުކޮޅު އިއްޔެ ވަރަށް ރަނގަޅު ކަމަށެވެ. އަދި ޔުމްނާ ވަނީ ރައީސް މައުމޫން އަށް ފަރުވާ ދެއްވަމުން ގެންދަވާ އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި ނަރުހުންގެ ޓީމަށް ޝުކުރުވެސް ދަންނަވައިފަ އެވެ.
މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ރައީސް މައުމޫން ހޮސްޕިޓަލަށް ގެންދެވުނީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއް ވީފަހުން ރޯގާ ދިގުލައިގެން ދިއުމާގުޅިގެން ބައެއް ޓެސްޓްތައް ހެދުމަށެވެ.
ރައީސް މައުމޫން ޑިސެމްބަރު30 ވަނަ ދުވަހު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވާއިރު، 29 ޑިސެމްބަރަކީ އެމަނިކުފާނުގެ 82 ވަނަ އުފަންދުވަހެވެ.