English Edition
Dhivehi Edition

1900ގެ އަހަރު ތަކަށް ފަހު ބައްދަލު ކުރި އާސާސްކަފާއެކު ރާއްޖޭގެ އޭރުގެ ރައީސުލް ޖުމްހޫރިއްޔާ އަލް އުސްތާޒު މައުމޫނު ޢަބްދުލް ޤައްޔޫމު ވިހިވިހީގެ ލަނޑުދަނޑި ތަކެއް ޤާއިމް ކުރެއްވުމާއެކު މި ދެންނެވި އާސާސްކަފަށް ކުރެވޭ އުއްމީދު ތަކާމެދު ވާހަކަ ދެކެވެންފެށިއެވެ. ސްކޫލުގައި ވެސް ވިހިވިހީގެ ތަސައްވުރުގެ މައްޗަށް މަޒްމޫނު ލިއުމާއި ޅެން ކިއުމާއި ވާހަކަ ދެއްކުމުގެ މުބާރާތްތައް ބޭއްވެން ފެށިއެވެ. ވިހި ވިއްސާއެކު އަންނާނެ ކުރިއެރުމާއި ތަރައްޤީ އަށް އެންމެންގެ ލޯ ހުޅުވިގެން ދިޔަ ކަމަކަށް މިކަން ވިއެވެ.

19 ވަނަ ޤަރުނު ނުނިމެނީސް ދައްކަން ފެށި ވިހި ވިއްސަކާޖެހި މީހުންގެ ވިސްނުމާއި ފިކުރުވެސް މެކުހަށް ޖަހައިފިއެވެ.

ވިހި ވިއްސާ ބައްދަލުވާއިރު ދިރިއުޅުން ބައްޓަން ވެފައިވާނެ ގޮތްތަކާމެދު ކުރެވުނު ތަޞައްވުރު ގެ ހަނދާން އާކޮށްލާނަމެވެ.

ކޮމްޕިއުޓަރާއި ރޮބޮޓް:

ކުރަންޖެހޭ ހުރިހާ ކަމެއް ކޮމްޕިއުޓަރާއި ރޮބޮޓްގެ އެހީގައި ކުރާނެތީ އެންމެންވެސް ވަރަށް ފަލަ ވާނެއެވެ. އެހާމެ ކަންނެތްވާނެއެވެ.

އެމީހެއްގެ ހުރިހާ މަޢުލޫމާތާއި ތާރީޚުތައް ރައްކާކުރެވޭ މައިކްރޯޗިޕެއް އަތުގައި ހަރުކުރެވިފައިވާނެއެވެ.

ތަންތާ ހަރުކުރެވިފައިވާ ކެމެރާތަކުން އެތަނެއްގައި ހިނގާ ކަންކަން ވަގުތުން ވަގުތަށް އެނގެމުންދާނެއެވެ.

މީހަކު ވައްކަމެއް ނޫނީ އެނޫންވެސް ކުށެއް ކުރަނިކޮށް ފެނިއްޖެނަމަ ޑިލީޓް ބަޓަނަކުން އެމީހަކު މަރާލެވޭނެއެވެ. ނޫނީ ރޮބޮޓްގެ އެހީގައި ހިފާ ހައްޔަރު ކުރާނެއެވެ.

ކެއްކުމާއި އެނދު ތަންމަތި އެޅުމާއި ދޮވެ އިސްތިރިކޮށް ފޮޅާ ސާފުކުރުންފަދަ ގޭގައި ކުރަން ހުންނަ ހުރިހާ ކަމެއް ކޮށްދޭނީ ރޮބޮޓުންނެވެ.

ގޯސް އެއްވެސް ކަމެއް ކުރުމަކަށް އިންސާނުންނަށް ފުރުސަތު ނުލިބޭނެއެވެ.

އެމީހުންގެ ހުރިހާ ފިޔަވަޅެއް ރޮބޮޓުން ބަލާނެއެވެ. އެފަދަ ކަމެއް ކޮށްފިމީހެއްގެ ދުވަސް ދުއްވާލާނެއެވެ.

ބޭސްފަރުވާ:

އެއިޑްސް އާއި ކެންސަރު ބަލި ފަދަ ފަރުވާއެއް ނެތް ބަލިތަކަށް ފަސޭހަ ފަރުވާތައް ހޯދޭނެއެވެ. އޮޕަރޭޝަން ކުރާއިރު ޑޯކްޓަރުންގެ ބަދަލުގައި ތިބޭނީ ރޮބޮޓޭވެ.

ކުޅިވަރު:

ކޯޗާއި އަންޕަޔަރުންނަށް ވެސް ރޮބޮޓުން ތިބުމުގެ ނަތީޖާއެއްގެ ގޮތުން ކުޅުންތެރިންނަކަށް ޝަކުވާ ކޮށް ތަޅާ ފޮޅާކަށް ފުރުސަތު ނުލިބޭނެއެވެ.

ޓީވީ:

ޓީވީ އިން ދައްކާ ކޮންމެ އެއްޗެއްވެސް ހުއްޓުވާލައިގެން އޭގެން ފެންނަ މީހާއާއި މުޢާމަލާތު ކުރެވޭނެއެވެ. ސްކްރީނުން ފެންނަ ތަކެތީގައި އަތް ލެވޭނެއެވެ. އެސީނެއްގައި ހުންނަ އެކި އެކިވަސް ޓީވީ ބަލާ މީހާއަށް ދުވާނެއެވެ. ޓީވީ ގޭމް ކުޅޭއިރު ޓީވީ ތެރެއިން ލައިގެން ކުރިއަށް ދާހެން އިޙްސާސް ކުރެވޭނެއެވެ.

ވަޒީފާ:

ވަޒީފާތައް ވަރަށް މަދުވާނެއެވެ.

ޚާއްސަކޮށް ކުނިކަހާ ސާފު ކުރުން ކަހަލަ ވަޒީފާތަކަށް މީހުންނުވެގެން އެންމެ ބޮޑު މުސާރަ ލިބޭ ބަޔަކީ އެމީހުންނަށް ވެގެން ދާނެއެވެ.

މީގެ ނަތީޖާއެއްގެ ގޮތުން ކިޔަވައިގެން ލިބޭ މާބޮޑު ފައިދާއެއް އޮތްކަމަށް ނުފެނި ކިޔެވުމާއި ދުރުހެލި ވާނެއެވެ.

ކޮންޕިއުޓަރަކާއި ރޮބޮޓްތަކެއް އޮޕަރޭޓް ކުރުން އެއީ ކޮންމެ މީހެއްގެ ވަޒީފާ ކަމުގައި ވެގެން ދާނެއެވެ.

ދަތުރުފަތުރު:

2020 ގައި އެންމެ ކުރިއަރާދާނީ ދަތުރު ފަތުރެވެ. ފްލައިޓްގައި ނޫނަސް ތަންތަނަށް އުދުހިފައި ދެވޭނެއެވެ. ކާރާއި ބޮޑެތި ބަސްވެސް ދުއްވާތަން ފެންނާނީ ކަރު ހިއްލައިގެން މައްޗަށް ބަލާލީމާ މަތިންނެވެ.

އެއްގަމާއި ކަނޑާއި ވައިގެ އުޅަނދުތައް އެކި ޑިޒައިންތަކުން އެކި ދުވެލީގައި ފެނިގެންދާނެއެވެ.

ތިމާވެށި:

ތިމާވެށި އެއްކޮށް ނެތި ފަނާވެގެންދާނެއެވެ.

ދިރުންތައް ނެތިދާނެއެވެ. ކަނޑުގެ ލޮނުގަނޑު އުފުލި ރާއްޖޭގެ އެންމެން އޮސްޓްރޭލިޔާގައި ވަޒަން ވެރިވުން އޮންނާނީ ދާދި ގާތުގައެވެ.

Man in hazmat suit walking in destroyed environment.

 

މިޚިޔާލުތަކާމެދު އޭރު އެކަކު އަނެކަކަށް ހަޖޫ ޖަހާ ޖޯކުވެސް ޖެހިއެވެ. އެކަކުގެ ޚިޔާލު މާމަތިވެގެން އެކަމަށް މަލާމާތް ކުރާއިރު ތާކުން ތާކު ނުޖެހޭ ޚިޔާލުތަކަށް ވެސް ހެއްލި އާޝޯޚު ވެގެން ތިބެވެއެވެ. ޙަގީގަތަކީ އެދުވަހު ގެ އެވިސްނުމާ ދާދިގާތަށް މިއަދު އާދެވުނު ކަމުގެ އިޙްސާސްކުރެވޭކަމެވެ.

ރޮބޮޓާއި ކޮމްޕިއުޓަރު ގެ ވާހަކަ އަކީ އާވާހަކައަކަށް މިއަދު ނުވެއެވެ. ހުރިހާ ކަމެއްގައި ރޮބޮޓް ބޭނުން ކުރާ މަންޒަރުވެސް އެހެރަ ފެންނަނީ އެވެ.

އެހެންކަމަށް ވާނަމަ ކުރެވިފައި ދެންހުރި ޚިޔާލު ތަކުގައި ވެސް ކުލަޖެހޭތަން ވަރަށް އަވަހަށް ފެނިދާނެއެވެ. އެހެނަސް އެއީ 2040 އަކުން ނޫނެވެ. ޓެކްނޮލޮޖީގެ ރޮނގުން ދުނިޔެ ހޯދާ ކުރިއެރުމަށް ބަލާއިރު އެއަށްވުރެ މާ އަވަހަށްވެސް ކުލަ ސްކްރީނުން މިކަންތައް ފެނިދާނެއެވެ.