English Edition
Dhivehi Edition

އާއަހަރާއި ދިމާކޮށް ކުޅިވަރުގެ ގިނަ ޙަރަކާތްތަކާއެކު އައްޑޫ ފްރެންޑްސް އިން “ހިތްމަލާ” ފެސްޓިވަލް ބާއްވައިފިއެވެ. އިއްޔެއާއި ރޭ ހިތަދޫ ފަތާ ޓްރެކް ސަރަޙައްދުގައި ބޭއްވި މި ކުޅިވަރު ފެސްޓިވަލްގައި މުނިފޫހި ފިލުވުމުގެ ތަފާތު ޙަރަކާތްތަކާއި ކުޅިވަރުގެ އެކި އެކި އައިޓަމް ތަކުގެ އިތުރުން ޓެލެންޓް ދައްކާލުމުގެ ހުނަރުތަކާއި ގޭމް ސްޓޯލް ތަކާއި ލައިވްމިއުޒިކް ހިމެނެއެވެ.

 

ފެސްޓިވަލަށް ޒިޔާރަތްކުރި ހުރިހާ އެންމެންނަށް ވެސް ބައިވެރި ވެވޭ ފަދަ ކުޅިވަރު ޙަރަކާތްތަކެއް ފެނިގެންދިޔަ އިރު މަޝްހޫރު ލަވަކިއުންތެރިޔާ ސިނާންގެ ލަވަ ހުށަހެޅުންވެސް ފެސްޓިވަލްގައި އޮތް ލައިވް ޝޯވ ގެ ތެރެއިން ކުރިއަށް ދިޔައެވެ.

މިއީ އައްޑޫގެ ހުރިހާ އެންމެން އެއްތަނަކަށް އެއްވެ ޢާއިލީ ގުޅުން ބަދަހިކޮށް އެކުވެރި ކަމާއި އެއްބައިވަންތަ ކަމުގެ ރޫހު އާލާކޮށް ދިރުވުމުގެ މަޤްސަދުގައި އައްޑޫ ފްރެންޑްސްއިން ކޮންމެ އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ ޙަރަކާތެކެވެ.

މިއަހަރުގެ ހިއްމަލާ ފެސްޓިވަލް ބާއްވާފައިވަނީ އައްޑޫ ސިޓީ ކައުންސިލްގެ އިތުރުން ރޯވިން އެސޯސިއޭޝަން އާއި ސުވިމް އައްޑޫ،ގޭން ޔޫތު،ޝޭޕް އަޕް،މޯލްޑިވްސް ޕޮލިސް ސާވިސްފަދަ އައްޑޫގެ މުއައްސަސާތަކާއި އަމިއްލަ ޖަމްޢިއްޔާ ތަކުގެ އެހީތެރިކަމާއި ބައިވެރި ވުމާއި އެކުގައެވެ.

 

ބައިވެރިންނަށް ގިނަ ހަދިޔާ ތަކާއި އިނާމް ލިބިގެންދިޔަ މި ފެސްޓިވަލްގެ އިތުރު ސްޕޮންސަރުންގެ ތެރޭގައި މިލާނޯ ފުޑްކޯޓް، ކްލެސީ މިސީ،ބްލެކް ޕާލް، ސިލްވަރ ރޯޒް،ހާބަރ ޓްރޭޑާސް،ކައުންޓްލައިން،ހޮރައިޒަން އެކަޑަމީ،ޕެބްލްސް އިން އަދި ބެލަޗާއޯ ހިމެނެއެވެ.