English Edition
Dhivehi Edition
އައިޔޫއެމްއާއި ގުރުއާނާ ބެހޭ މަރުކަރުގެ ބޭފުޅުންނާއެކު އެޑިޔުކޭޝަން މިނިސްޓްރީން ބޭއްވި ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ޓްވިޓާ (އެޑިޔުކޭޝަން މިނިސްޓްރީ)

މިނިސްޓަރ އޮފް އެޑިޔުކޭޝަން، ޑރ. ޢާއިޝަތު ޢަލީ، ކީރިތި ޤުރްއާނާ ބެހޭ މަރުކަޒާއި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ (އައިޔޫއެމް)ގެ ބޭފުޅުންނާއި މިއަދު ބައްދަލުކުރައްވައިފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީ އިން ބުނީ އެ މިނިސްޓްރީގައި ކުރިއަށްގެންދިޔަ އެ ބައްދަލުވުމުގައި ރާއްޖޭގެ ސްކޫލްތަކަށް ޤުރުއާން މުދައްރިސުން ލިބުމުގައި ހުރި ދަތިތައް ހައްލުކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެވިފައިވާ ކަމަށެވެ.

އަދި އައިޔޫއެމްއާއި ޤުރުއާނާ ބެހޭ މަރުކަޒުން ހިންގާ ޓީޗަރުން ތަމްރީނުކުރާ ކޯސްތަކުން ސްކޫލްތަކަށް ބޭނުންވާ ޓީޗަރުން ތަމްރީނުކުރުމާބެހޭ ގޮތުން ވެސް އެ ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފަ އެވެ.

2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު ބޮޑު ބަންދަކަށްފަހު ރާއްޖޭގެ ހުރިހާ ސްކޫލެއް ހުޅުވި އާ ދިރާސީ އަހަރުގެ ކިޔެވުން ފެށޭއިރު ސްކޫލްތަކަށް ބޭނުންވާ މުދައްރިސުން ހޯދުމުގެ މަސައްކަތް އެޑިޔުކޭޝަން މިނިސްޓްރީންނާ ސްކޫލްތަކުން ދަނީ ކުރަމުންނެވެ.

އެގޮތުން ސްކޫލްތަކުގެ އެކި މާއްދާތައް ކިޔަވައިދޭ މުދައްރިސުންގެ އިތުރުން އިދާރީ މުވައްޒަފުން ހޯދުމަށާއި، ކުރިން ބިދޭސީން ތިބި މަޤާމްތަކަށް ދިވެހިން ކުރިމަތިލުމަށްވެސް ވަނީ ހުޅުވާލައިފަ އެވެ.