ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ރީ ރަޖިސްޓަރީ ކުރުމަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް ރަޖިސްޓާރ ކޮށްފައި ވަނީ 20،000 ބިދޭސީން ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ. އިކޮނޮމިކް މިނިސްޓަރ ވަނީ މީޑިޔާތަކުން މިކަމާ ގުޅޭ މައުލޫމާތު އޮޅޭ ގޮތަށް ރިޕޯޓްތައް ގެނެސް ނުދިނުމަށް ވެސް އިލްތިމާސް ކުރައްވާފައި އެވެ.
މިނިސްޓަރ ފައްޔާޒް ވިދާޅުވީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދަށް ފައްތަން މިނިސްޓްރީން ހުޅުވާލި ފުރުސަތުގައި މިހާތަނަށް ރަޖިސްޓަރ ކޮށްފައިވަނީ 2000 ބިދޭސީން ކަމަށް ބައެއް މީޑިޔާ ތަކުގައި ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ ނުރަނގަޅު މައުލޫމާތުގެ މައްޗަށް އެފަދަ ހަބަރުލިޔެ ފަހުން އެ ހަބަރު ބަދަލު ކުރިޔަސް އެކަމުގެ ސަބަބުން ލިބޭ ގެއްލުން އިޔާދަ ނުކުރެވޭނެ ކަމަށެވެ.
Media needs to be more responsible in reporting news. Extra care must be made to ensure reporting is correct and exactly what was stated. Corrections later on does not negate the damage done. @Mihaarunews @sunbrk @avasmv @raajjemv
— Fayyaz Ismail (@faya_i) December 28, 2019
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާއިރު މިކަމުގެ ސަބަބުން އެތަކެއް ނޭދެވޭ އަސަރުތައް ރާއްޖޭގެ އިޤްތިސާދަށްވެސް ކުރާނެއެވެ.