English Edition
Dhivehi Edition

ހަރުކަށި ފިކުރު ފަތުރަމުން އައި މީހަކު އއ. މާޅޮހުން ހައްޔަރުކޮށްފި އެވެ.

އެމައްސަލައިގައި މިއަދު 11:44 ހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސަފައިވަނީ އުމުރުން 45 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ހަރުކަށި ފިކުރަށް ތާއިދުކޮށް، އެ ފިކުރު ފެތުރުމާއި، ދަރިން ބެލުމުގައި އިހުމާލުވެ އެ ކުދިންނަށް ލިބެންޖެހޭ އަސާސީ ހައްގުން މަހުރޫމުކޮށް ބައެއް ދަރިން 18 އަހަރު ނުފުރެނީސް ކޯޓުން ބޭރުގައި ކާވެނި ކުރުވާފައިވާ ކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ހަރުކަށި ފިކުރު ފަތުރާ ކަމުގެ ތުހުމަތުގައި މާޅޮހުން މީހަކު ހައްޔަރު ކޮށްފައިވާއިރު، މިމަހު 18 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ސަލާމަތީ ބާރުތަކުން ދަނީ ހަރުކަށި ފިކުރާ ދެކޮޅަށް ރ. މަޑުއްވަރީގައި ހާއްސަ އެ އޮޕަރޭޝަނެއް ހިންގަމުންނެވެ. އެ އޮޕަރޭޝަނުގައި ފުލުހުން ވަނީ އުމުރުން 30 އަހަރާއި، 34 އަހަރާއި 29 އަހަރުގެ 3 މީހަކު ހައްޔަރުކޮށްފައެވެ.