English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ގެ ޖަޒީރާ ރާއްޖޭގައި އަޅާ ތާރު ހުންނަނީ ހުދު ކުލައިގައި ކަމަށް ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ އިން ދ.ކުޑަހުވަދޫ ގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ފަހުގެ ތާރީޚްގައި ދެ ވިސްނުމެއްގެ ބަޔަކު ރާއްޖޭގެ ވެރިކަމަށް އައި ކަމަށާއި އެއް ވިސްނުމުގެ މީހުންނަކީ “އަނެއް ދިވެހިރާއްޖޭގެ ވިސްނުން” ގެންގުޅުނު ފަރާތްތައް ކަމަށާއި ރައީސް ޔާމީންގެ ވިސްނުމަކީ “މަގޭ ރާއްޖޭގެ” ވިސްނުން ކަމަށެވެ.މީގެ އިތުރުން ސައީދު ވިދާޅުވީ އަނެއް ދިވެހިރާއއްޖޭގެ މީހުން ވެރިކަމަށް އައިސް އަންހެނުން ކޮމެޓީގައި ހުރި ލާރި ކޮޅާއި ރަށްކުރިއަރުވާ ކޮމެޓީގައި ހުރި ފައިސާކޮޅު ވެސް މާލެ ގެންދިޔައަ ކަމަށާއި އަދި ބައިނަލްއަޤުވާމީ އެއާޕޯޓް ވިއްކާލިކަމަށެވެ. “އަޅުވެތި ކުރުވާނެ ހުރިހާ ސިފައެއް މިގައުމަށް ގެނައި. މިގައުމަކީ މިނިވަން ގައުމެއްގެ ގޮތުގައި އޮންނަން ޖެހޭ ކަމަށް އެމްޑީޕީ ގަބޫލެއް ނުކުރޭ.އެމްޑީޕީގެ އާއްމު މެންބަރުންނަށް މަގުދައްކަން ތިބީ ދިވެހިރާއްޖޭގައި އޮންނަން ޖެހޭނީ އިސްލާމްދީން ކަމަށް ގަބޫލު ނުކުރާ ބައެއް”ސައީދު ވިދާޅުވިއެވެ

ކުޑަހުވަދޫއަށް ރައީސް ޔާމީންގެ ވެރިކަމުގައި ގެނައި ތަރައްޤީއަށް އަލިއަޅުވާލަމުން ސައީދު ވިދާޅުވީ ޔާމީން ވަނީ 40 އަހަރުން ނުގެނެވުނު ތަރައްޤީ އެންމެ ފަސް އަހަރުން ގެނެސްފައި ކަމަށެވެ. މީގެ އިތުރުން ކުޑަހުވަދު އަކީ ރާއީސް ޔާމީންގެ އިޤުތިޞާދު އެޖެންޑާ ފެންނަން އޮތް އެއް ރަށްކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ އެއްވެސް ރަށެއް ތަފާތު ކުރުމެއް ނެތި ތަރައްޤީ ކުރުމަށް ރައީސް ޔާމީން މަސައްކަތްކުރެއްވި ކަމަށެވެ.