English Edition
Dhivehi Edition

މިރޭ 23.26 އެހާކަށް ހާއިރު މާލޭ ގައި ތޫނު އެއްޗަކުން ހަމަލާ ދީ މީހަކު ޒަޙަމް ކޮށްލައިފިއެވެ.

 

ބޮޑުތަކުރުފާނު މަގުގައި ހިނގި މިޙާދިސާގައި އަނިޔާ ލިބިފައިވާ މީހާ ކާނިވާ ކައިރިން ނަގައިގެން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

މިޙާދިސާގައި އަނިޔާ ލިބިފައިވަނީ ޢުމުރުން 31 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

 

ޒަޚަމް ވި މީހާއަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ހާމަ ކޮށްފައިވެއެވެ. މިޙާދިސާގައި ޒަޚަމްވި މީހާގެ އަތުގައި އޮތް ވޮލެޓް ފޭރެން އުޅުމުގެ ތެރޭ އަތުގެ ކުޑަ ހުޅު މަތިން 2-3 އިންޗަށް ފުންކޮށް ކަފާލާފައިވާއިރު މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.