English Edition
Dhivehi Edition

އައްޑޫ ފުޓުބޯޅަ މުބަރާތުގައި ގްރޫޕް ބީގެ ފުރަތަމަ 3 ޕޮއިންތް ފޭދޫ ސްޕޯޓްސް އިން ހޯދައިފިއެވެ.

މިމެޗު ފޭދޫ ސްޕޯޓްސް އިން ކާމިޔާބު ކުރީ 3-4 އިންނެވެ. ފޯރިގަދަ ވެގެން ދިޔަ މިމެޗުގެ ލީޑު ފުރަތަމަ ނެގީ މެޗުގެ 11 ވަނަ މިނެޓުގައި ފޭދޫ ސްޕޯޓްސްގެ އަހުމަދު ސައީދު (އައްމަޓީ) އެވެ. ދެޓީމުންވެސް ރަނގަޅު ހަމަލާތަކެއް ވަނީ އުފައްދާފައެވެ. އެގޮތުން ކްލަބު ރިވެރިންގެ ދާނީޝް އިބްރާހީމް 34 ވަނަ މިނެޓުގައި ވަނީ އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ހާފު ނިމުމުގެ ކުރިން ފޭދޫ ސްޕޯޓްސްގެ މުހައްމަދު އިފާން 47 ވަނަ މިނެޓުގައި ފޭދޫ ސްޕޯޓްސް އަށް ލީޑު ދިނެވެ.

މެޗުގެ ދެވަނަ ހާފު ފެށިގެން އައީ ދެޓީމުން ވެސް ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ކްލަބު ރިވެރިންގް އިން ހަމަލާތަށް ވަރުގަދަ ކޮށް 58 ވަނަ މިނެޓުގައި ހުސެއިން ސައީދް ވަނީ ރިވެރިން އަށް ނަތީޖާ ދެވަނަ ފަހަރަށް ހަމަ ކޮށްދީފައެވެ. އޭގެ ފަހުން ފޭދޫ ސްޕޯޓްސް އިން ރިވެރިންގް އަށް ހެދުނު ގޯސްތަކުގައި ކައިރި ކައިރީ ދެ ލަނޑު ޖަހައި މެޗުގެ ލީޑު ދެލަނޑުގެ ތަފާތުން ނެގިއެވެ. ނަމަވެސް ރިވެރިން އަށް ދެވަނަ ލަނޑު ޖަހައި ދިން ދާނިޝް އިބްރާހިމް އިތުރު ލަނޑެއް ޖަހައި ފަރަގު ކުޑަ ކޮށްދީފައެވެ. މެޗުގެ އިތުރު ވަގުތު ތެރޭގައި ފޭދޫ ކީޕަރު ވަނީ ފައުލުގެ ސަބަބުން ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.

މިމެޗާއި އެކު ފޭދޫ ގްރޫޕު ބީގެ އެއްވަނައިގައި ނަގާފައެވެ. މާދާމާ މިމުބާރާތުގެ 3 ވަނަ މެޗުގައި ބައްދަލު ކުރާނީ މަރަދޫ ގޯދިޔާ އާއި މީދޫ މުލިމަތި ޔުނައިޓެޑްއެވެ. މުލިމަތި ކުޅުނު ފުރަތަމަ މެޗުން ބަލިވުމާއި އެކު އެޓީމަށް މުބާރާތުގައި ކުރިއަށް ދިއުމަށް މިމެޗު ވަރަށް މުހިންމު ވާނެއެވެ.