English Edition
Dhivehi Edition

އުރީދޫ ދިވެހި ޕްރިމައަ ލީގުގައި ޓީސީ ސްޕޯޓް ކުލަބާއި ނިއުރޭޑިއަންޓް ބައްދަލު ކުރި މެޗު 3-1 ލަނޑުން ނިއުރެޑިއެންޓް ކާމިޔާބުކޮށްފިއެވެ.

ދެ ޓީމްގެ ފަރާތުން މޮޅުކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ލަނޑު މެޗުގެ ދެވަނަ ހާފްގައި ކާމިޔާބުކޮށްދީފައިވަނީ ގިނަދުވަސް ތަކެއްވަންދެން ކުޅުމާދުރުގައި ހުރި ގައުމީޓީމްގެ ކެޕްޓަން އަލީ އަޝްފާޤު ތަނަވަސްކުރި ފުރުޞަތެއްގައި ބިދޭސީ ފޯވާޑް ގަލާޑޯއެވެ. ނިއުއިން ލަނޑުޖެހިތާ މިނިޓެއް ނުވަނީސް ޓީސީން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

ނިއުއިން ދެވަނަ ފަހަރަށް މެޗުގެ ލީޑް ނަގައިފައިވަނީ ލިބުނު ހިލޭ ޖެހުމެއް އަޝްފާޤު ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ. ނިއުގެ ތިންވަނަ ލަނޑު ސެންޓޭ ޖެހީ ތިން ކުޅުންތެރިން ނައްޓާލުމަށްފަހުއެވެ. މެޗުގައި ދެ ޓީމަށް ވެސް ވަނީ ގޯލް ޖާހާނެއް ގިނަ ފުރުސަތު ތަކެއް ލިބި ބޭކާރުވެފައެވެ.

ރޭ ދިވެހި ޕްރިމިއަ ލީގު ހުޅުވުމުގެ ގޮތުން މާޒިޔާ އާއި ކުޑަ ހުވަދޫ ބައްދަލު ކުރި މެޗު މާޒިޔާއިން ކާމިޔާބުކުރީ 4-0 ލަނޑުންވެ.

އުރީދޫ ޕްރިމިއާލީގުގައި މި އަހަރު 8 ޓީމް ވާދަކޮށްފައިވެއެވެ. އެއީ އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަތަރު ޓީމް ކަމުގައިވާ މާޒިޔާ، ނިއުރެޑިއެންޓް، ޓީސީ ސްޕޯޓްސް އަދި ކުލަބް ގްރީން ސްޓްރީޓްއެވެ. ދެން މިމުބާރާތުގައި ވާދަ ކޮށްފައިވާ އަނެއް ހަތަރު ޓީމަކީ މިނިވަން ޗެމްޕިއަންޝިޕްގެ ހަތަރު ޓީމް ކަމުގައިވާ ކުޑަ ހުވަދޫ، ތިނަދޫ ސްޕޯޓްސް ކުލަބް، މާޅޮސް އަދި މިލަންދޫ އެފްސީއެވެ.

އުރީދޫ ޕްރިމިއާ ލީގު ހުޅުވައިދެއްވީ ޕްރާން ގައުމީ ޓީމަށް ކުރިން ކުޅުނު ޑިސާއީއެވެ.