އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އެމަޤާމުން އިސްތިޢުފާ ނުދެއްވައިފިނަމަ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް މަޖިލީހުގެ ބިލެތްދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު ހަލީމު(ދޮންބިލެތް) ވިދާޅުވެއްޖެއެވެ.
އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމު ކުރެއްވި ޓުވީޓެއްގައި ވަނީ، އިސްލާމިކް މިނިސްޓަރުގެ ޒިންމާ އަދާކުރުމަށް އޭނާ ފެއިލްވެފައިވާތީ، އެ މަގާމުން ވަގުތުން އިސްތިއުފާ ދެއްވުމަށް ގޮވާލައިފައެވެ.
“އިސްލާމިކް މިނިސްޓަރު އިސްތިއުފާ ދިނުމަށް ގޮވާލަން. އަދި އިސްތިއުފާ ނުދީފި ކަމަށްވަންޏާ އިތުބާރު ނެތްކަމު ވޯޓު ނަގަން މަޖިލިސް ހުޅުވުނީމަ ވީއެންމެ އަވަހަކަށް އެ މައްސަލަ މަޖިލީހަށް ހުށަހަޅާނަން”
އަޅުގަނޑު އިސްކޮށް މިކަމުގައި ހަރަކާތްތެރިވާނަން،” ހަލީމު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
ޑރ. ޒާހިރުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަން އަހުމަދު ހަލީމު ނިންމެވިއިރު، އޭނާވަނީ، ޑރ. ޒާހިރަކީ ޖަމިއްޔަތުއްސަލަފުގެ ބޭފުޅުންނާ ގުޅިގެން ރާއްޖޭގައި ދީނީ ހަރުކަށި ފިކުރު ފަތުރަން އެންމެ ބޮޑަށް މަސައްކަތްކުރާ ބޭފުޅާކަމަށް ތުހުމަތު ކުރައްވައިފައެވެ.
Islamic Minster vaguthun isthufaa dinuma govaalan adi Majilis hulu vey ira ithubaaru neykama vote nagan vadaanan.
— Dhonbiley Ahmed (@Dhonbiley) December 24, 2019
އިސްލާމްދީނުގެ ނަމުގައި ހައްދުފަހަނާޅާފައިވާ ފިކުރު ފެތުރުން ހުއްޓުވަން ކަމާބެހޭ އިދާރާތަކުން މިދިޔަ ހަފުތާގެ ތެރޭގައި ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށައިފަ އެވެ. ފުލުހުންނާއި ސިފައިން ބުނެފައިވާ ގޮތުގައި، އެ ފިކުރުގައި ރާއްޖެ އޮތީ ނުރައްކާތެރި ދަރަޖައަކަށް ގޮސްފަ އިކަމަށާއި ޖެހިލުމެއް ނެތި މީހުން މަރާ މިންވަރަށް ހައްދުފަހަނާޅާފައިވާ 1400 ދިވެހިން ތިބި ކަމަށް ފުލުހުން ބުނެފައިވެ އެވެ.