އާވާ މާރީއާއި ލިއާ ރޯޒް އަކީ ރީތި ކަމުން އަރާ ތިބި އެއްމާބަނޑު ދެކުދިންނެވެ. ދުނިޔޭގެ އެންމެ ރީތި އެއްމާބަނޑު ދެކުދިންގެ ގޮތުގައި މިދެކުދިން އިންސްޓަގްރާމްގައި މަޝްހޫރު ކަން ހޯދަމުން އަންނަ އިރު މި ކުދިން ފޮލޯ ކުރާ މީހުންގެ ޢަދަދު 1.5 މިލިއަނަށް އަރައެވެ. އެކުދިންގެ މަންމަ ޖާކީ އެކުދީންގެ ނަމުގައި އެކައުންޓެއް ހުޅުވީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި މިދެކުދިންނަށް 7 އަހަރު ފުރުނު ތަނާއެވެ. އެއާއެކު އެންމެ ރީތި ޓުވިންސް ގެ ގޮތުގައި މިކުދިން ދިޔައީ މަޝްހޫރުކަން ހޯދަމުންނެވެ. މިލިބުނު ކާމިޔާބީއާއެކު މިކުދީންނަކީ މިހާރު މަޝްހޫރު 2 އެޖެންސީއެއްގައި މޮޑެލުންގެ ގޮތުގައި ފައިތިލަ ސާބިތު ކޮށްފައިވާ 2 މޮޑެލުންނެވެ.
ލޮސްއެޖެލްސް އަށް އުފަން މި ރީތި ދެ މޮޑެލުންނަކީ ކުޑަކުދީންގެ ފެސްޓިވަލްތަކާއި ފެޝަންޝޯވ ތަކާއި މަޖައްލާ ތަކުގައި ރަނިކަން ކުރަމުން އަންނަ ކުޅަދާނަ ދެ ތަރިންނެވެ. މިކުދީން އެތައް ބައެއްގެ ހިތުން ޖާގަ ހޯދާ މަޝްހޫރު ވުމުގައި ހުރަސްކުރި ކުރު ރާސްތާގެ އުސްއަލިތަކަށް ބަލާލަމާ ހިންގަވާށެވެ.
1.އުފަންވީ ހީކުރިވަރަށް ވުރެ މާކުރިން:

ދުނިޔެއާއި ބައްދަލު ކުރުމަށް މިކުދިން 37 ހަފްތާއަކަށް މަޑެއްނުކުރިއެވެ. ދުވަސް އައުމުގެ 4 ހަފްތާ ކުރިން ދުނިޔޭގެ އަލިކަމަށް އައުމަކީ މަންމަ ޖާކީ ބުނާ ގޮތުން ޚާއްސަ ކަން ފާހަގަ ވިކަމެކެވެ. ސަބަބަކީ މިދެކުދީންނަކީ ފެށުނީއްސުރެ އެމީހުންނަށް އޮތް ” ސަޕްރައިޒް” އަކަށް ވާތީއެވެ.

މިކުދިންގެ ރީތިކަން ވަންހަނާ ކުރެވޭ ވަރެއް ޖާކީއަކަށް ނުވިއެވެ. ފެންނަ ކޮންމެ މީހަކު ހާދަ ލޯބި ދެކުދީންނޭ ކިޔާ އެވާހަކަ ހާމަ ކުރަމުން ދިޔައެވެ.

އެތައް ބައެއްގެ އެދުމުގެ މަތިން އާވާ މާރީ އާއި ލިއާ ރޯޒް ގެ ޢުމުރުން އެންމެ 6 މަހުގައި ޖާޤީ ވަނީ މޮޑުލްކުރާ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ޢުމުރުގެ ގޮތުންނާއި 2 އަހަރުގެ ބޮޑު ދަރިފުޅު ބަލަމުން ޖާކީއަކަށް މިއީ ކަމުދާ ކަމަކަށް ނުވުމުން އެކަން ހުއްޓާލާފައި 3 ކުދިންގެ ތަރުބިއްޔަތާއިގެން އަނެއްކާވެސް ކުރިއަށް ދިޔައެވެ.

5.ރީތި ކަމާއި ހުނަރުވެރިކަމަށް އަރާހުރި:
މިކުދިން ބޮޑުވަމުން އައި އައިހެން މީހުންގެ ލޮލުގައި މިކުދީން އަޅައި ގަނެ އެވާހަކަ ނުހުއްޓި ކުރިއަށްދިޔައެވެ. ހަމައެކަނި ރީތި ކަމުގެ ވާހަކައެއްނޫނެވެ. ވާހަކަ ދެއްކުމުގައިވެސް ނެށުމުގައިވެސް މިކުދީންނަށް އެންމެންގެ ސަމާލުކަން ހުއްޓުވާލައެވެ.

ފުރިހަމަ ހަ އަހަރު ފާއިތުވެ ދިއުމަށްފަހު ޖާކީ ގަބޫލު ކުރާ ދަނޑިވަޅު އަރާ ހަމަކޮށްފިއެވެ. ދެކުދީންގެ ހުނަރުވެރި ކަމާއެކު އެކުދިން މިކަމަށް ހުރި ޝައުޤު ވެރިކަން އޮޅުން ފިލުވުމަށްފަހު އާނބަސް ލިބުމުން އެއީ މިދެކުދީންގެ މޮޑެލް ކުރުމުގެ ޙަޔާތް އުފަން ކުރުވި ދަނޑިވަޅަށް ވެގެން ދިޔައެވެ.

ލަކީ 7 އެއީ ބައެއް މީހުން ގަބޫލު ނުކުރާ އެއްޗަކަށް ވިއަސް އާވާ އާއި ލިއާ އަށް މިއީ ހަމަ ލަކީ ނަމްބަރެކެވެ. 7/7 ، ޖުލައި 7 ގައި އުފަންވި މި ދެކުދިންނަށް ދުނިޔޭގެ ނިސްބަތުން މަޝްހޫރުކަން ލިބި އެތައް ކުރިއެރުމެއް ލިބިގެންދިޔައީ ވެސް ޢުމުރުން 7 އަހަރުގެ ތެރޭގައެވެ.

އަވަށްޓެރިއަކު ހިންގި ޝޯވ އަކަށް މޮޑެލް ކުރާނެ ކުއްޖެއް ނުލިބި އުޅެނިކޮށް ޖާކީ ވަނީ މި ދެކުދީންނަށް އެފުރުސަތު ހޯދައިދީފައެވެ. އޭނާގެ ބާ ކެމެރާއިން ރީތި ފޮޓޯކޮޅެއް ނަގާ ރައްކާކުރިއެވެ.

އެދުވަހުގެ ފޮޓޯ އޭނާ ބައެއް އެޖެންސީތަކަށް ފޮނުވާލުމުން ކޮންމެބަޔަކުވެސް ތިބީ މި ދެކުދީންނާއި ބައްދަލު ކުރާހިތުން ކެތްމަދުވެފައެވެ. ފޮޓޯ ތަކުގެ ރީތި ކަމާއި މޮޑެލުންގެ ކުޅަދާނަ ކަން ފެނިފައެވެ.

10.ދެދިމާލަށް ނުފޮނުވެންވީ ސަބަބެއްނެތް
އާވާ މާރީ އާއި ލިއާ ރޯޒް އަށް ލިބުނު އެތައް ހުށަހެޅުމެއްގެ ތެރެއިން ރާކީ ގަބޫލު ކުރީ ލޮސް އެޖެލްސް އާއި އޮރެންޖް ކަންޓްރީ އިން ލިބުނު ހުށަހެޅުން އެކަންޏެވެ.

ބާބީ ކެމްޕޭންގެ އޮޑިޝަން އެއް އެޖެންސީއިން ބޭއްވިތާ ދުވަސްކޮޅެއް ފަހުން އަނެއް އޭޖެންސީއިން ވެސް އެދުނީ އެކަހަލަ ކަމަކަށެވެ.

މިމައްސަލަ ފެންމަތިވުމުން ޖާކީ މަސައްކަތް ކުރީ ވާހަކަ ދައްކައިގެން ޙައްލު ހޯދާ ،ކަމުގެ ހަގީގަތް އޮޅުން ފިލުވައިދޭށެވެ. ކުޑަ މަސައްކަތަކާއެކު އެކަންވެސް އޭނާ އަށް ކާމިޔާބު ކުރެވުނެވެ.

މިދެކުދީންގެ ކާމިޔާބީ އާއެކު ޖާކީ ގަސްތު ކުރީ “ކެލެމެންސް ޓުވިންސް” ގެ ނަމުގައި އިންސްޓަގްރާމް އެކައުންޓެއް ފަށާށެވެ. އިންސްޓަގްރާމުން ލިބުނީ ހޫނު މަރްޙަބާއެކެވެ. ފުރަތަމަ ތިންމަހުގެ ތެރޭ 1000 މީހުން އެ އެކައުންޓް ފޮލޯކުރިއިރު މިޢަދަދު 3000 އަށް އެރީ ދާދި އަވަހަށެވެ.

ރަނގަޅު ފެންވަރުގެ މޮޅު ފޮޓޯޝޫޓްތަކަކަށްފަހު އަޕްލޯޑު ކުރެވުނު ފޮޓޯތަކާއެކު މި ދެކުދިންގެ އިންސްޓަގްރާމް އެކައުންޓަށް އިންގިލާބެއް އައެވެ.3000 ގައި އޮތް އޮތުން 15000 އިން 25000 އަށް ބަދަލުވެގެން ދިޔައީ މަދު ދުވަސް ކޮޅެއްގެ ތެރޭގައެވެ.

ފޮލޯ ކުރާމީހުން މި ދެ މޮޑެލުންނަށް ޖެހުނު ލޯތްބެއްގެ ބޮޑުކަމުން ފޮޓޯ ރީޕޯސްޓް ކުރުންވެސް އޮތީ އިންތިހާއަށް އުފުލިފައެވެ. ނަތީޖާއެއްގެ ގޮތުން 9 މިލިއަން މީހުން ފޮލޯ ކުރީ ދާދި އަވަހަށެވެ.

އެއްމާބަނޑު ދެކުދީންނަށް ވުން އެއީ މިދެކުދީން މީހުން އަޅައިގަތް އެންމެ ބޮޑު ސަބަބެވެ. އެއާއެކު ނަގާފައިވާ ހުރިހާ ފޮޓޯއެއްވެސް އެކުއެކީ ނެގުން އެއީވެސް މިކުދިންނަށް މީހުން ހިތް ޖެހިގެން ދިޔަ އެއް ސަބަބެވެ.

ހަފްތާ ބަންދުތެރޭ ރީތިހެން ހީވާ ތަންތާ ރާކީ އަމިއްލައަށް ނަގާފައިވާ ފޮޓޯތައްވެސް މީހުންގެ ތެރޭ ދިޔައީ މަގްބޫލު ވަމުންނެވެ.

ޖާކީ އެއް ދުވަހު ނަގާ ފޮޓޯވެސް އެކި ދުވަސްމަތިން އަޕްލޯޑު ކުރުމަށްޓަކައި ތަފާތު މޭކަޕަކާއެކު ބަދަލު ގެނެސްފައި ހުރެއެވެ.



މިކުދިންގެ ބޭބެއަކީވެސް މޮޑެލް ކުރުމަށް ޝައުގުހުރި ކާމިޔާބު މޮޑެލެކެވެ.
މިތިން ތަރިންނަށް ކޮންމެ ދުވަހަކު އެތައް ހުށަހެޅުމެއް އާދެއެވެ. ކޮންސެޓެއްގައި ބައިވެރިވުމާއި ރަސްމިއްޔާތެއްގެ ތެރެއިންނާއި ފެޝަން ޝޯވ އެއް ހުށަހެޅުމުގައި އާއި ކޮންމެވެސް މަޖައްލާއެއްގެ ބޭރުގަނޑުން ލިބޭ ޖާގައެވެ.
