ބޭރަށް ހިންގުން އިތުރުވާތީ ކާބޯތަކެއްޗަށް ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން ބުނީ ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާ އިތުވަމުން އަންނަ ކަމަށާއި، ރައްކާރެތިވުމަށް ޚާއްޞަކޮށް ކާބޯތަކެތި ރަނގަޅު ގޮތުގައި ރައްކާކުރުން މުހިންމު ކަމަށެވެ.
ބޭރަށް ހިންގުން އިތުރުވަނީ! ބޭރަށް ހިންގުން ފަދަ ބަލިތަކުން ރައްކާތެރިވުމަށް ކާބޯތަކެތި ބޭނުން ކުރުމުގައި ސަމާލުވެލައްވާ!#FoodSafety #DiseasePrevention@MoHmv pic.twitter.com/xrwgRVgkAG
— HPA Maldives (@HPA_MV) December 22, 2019
އެޗްޕީއޭއިން ބުނީ ބޭރަށް ހިންގުމާއި ހޮޑުލުމުން ރާއްކާތެރިވުމަށް އެޅުން މުހިއްމު ފިޔަވަޅުތަކުގެ ތެރޭގައި ކާބޯތަކެއްޗަށް ދިރޭ ސޫޕާސޫތްޕަށް ނޭރެވޭނެހެން މަތިޖަހާފައި ބެހެއްޓުމާއި، ކެއުމުގައި ވީހާ ވެސް ތާޒާ ކާނާ ބޭނުންކުރުމާއި، އަދި ކާބޯތަކެތި ހަލާކު ނުވާނޭގެން ރައްކާކުރުން މުހިންމު ކަމަށެވެ. ކާބޯތަކެތި ރަނގަޅަށް ކައްކައިގެން ބޭނުންކުރުމަށާއި، ރޯ ތަރުކާރީއާއި މޭވާ ރަނގަޅަށް ދޮވެގެން ބޭނުން ކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.