އައްޑޫ ސިޓީއާއި 416 ކިލޯމީޓަރު ދުރުން މިއަދު ހެނދުނު ބިންހެލުމެއް އަތުވެއްޖެ އެވެ.
ޤައުމީ މޫސުމާބެހޭ އިދާރާ (މެޓް އޮފީސް) އިން މަޢުލޫމާތު ދޭ ގޮތުގައި އެ ބިންހެލުން އައިސްފައިވަނީ އައްޑޫ އާއި 416 ކިލޯމީޓަރު ދުރަށް، ކާލުސްބާގު ރިޖް ކިޔާ ސަރަޙައްދަކަށެވެ. އަދި އެ ބިންހެލުން އައިސްފައިވަނީ ކަނޑުގެ 10 ކިލޯމީޓަރު އަޑިންނެވެ.
މިއަދު ހެނދުނު 07:21 ހާއިރު އައި މި ބިންހެލުމުގެ ބާރުމިނުގައި 5.3 މެގްނިޓިއުޑްހުރި ކަމަށް މެޓް އޮފީހުން ބުނެއެވެ.
މެޓް އޮފީހުން ބުނީ މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެކަމަށް ނުބެލެވޭ ކަމަށެވެ.
— Maldives Meteorology (@MetMaldives) December 22, 2019