އުރީދޫ ދިވެހި ޕްރިމައަ ލީގުގައި ރޭ ކުލަބް ގްރީން ސްޓްރީޓް އާއި ތިނަދޫ ސްޕޯޓްސް ބައްދަލު ކުރިމެޗު ޝީފު އަޙްމަދު(ޝާފީ) ފަހުވަގުތު ކާމިޔާބު ކުރި ލަނޑުން ގްރީން ސްޓްރީޓް މެޗު ކާމިޔާބު ކޮށްފިއެވެ.
ރޭ ގަލޮޅު ދަނޑުގައި ކުޅުނު މެޗު ނިމެން ހަތަރު މިނިޓަށް ވެފައި ވަނިކޮށް ގްރީން ސްޓްރީޓް މޮޅުވެފައިވަނީ ޝާފިއު އަހުމަދު (ޝާފީ) މެޗު ނިމެން ހަތަރު މިނެޓްއަށް ވެފައި ވަނިކޮށްޖެހި ލަނޑުން 2-1 މިނިވަން ޗެމްޕިއަން ޝިޕްގެ ރަނައަޕް ގދ. ތިނަދޫގެ މައްޗަށް ކުރި ހޯދައިގެންނެވެ.
ރޭގެ މެޗުގެ ފުރަތަމަ ލަނޑު ފުރަތަމަ ލަނޑު ގްރީން ސްޓްރީޓްގެ ބިދޭސީ ކުޅުންތެރިޔާ ސުބޮލް އިލިއާ ޖެހި ނަމަވެސް ތިނަދޫން ވަނީދެވަނަ ހާފްގެ ފުރަތަމަ މިނެޓުގައި މެޗުގެ ނަތީޖާ ހަމަ ހަމަ ކޮށްފައެވެ.މި ލަނޑު ތިނަދޫ އަށް ކާމިޔާބުކޮށްދީފައި ވަނީ އެލެކްޒަންޑާއެވެ. އެލެކްސެންޑާގެ ލަނޑުން ދެ ޓީމް ހަމަ ހަމަ ވެގެން ނިމެން ދިޔަ ނަމަވެސް މެޗް ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް ގްރީން ސްޓްރީޓްސް ޑިފެންޑަރ ޝާފިއު އަހުމަދު ވަނީ ގްރީން ސްޓްރީޓް މޮޅުވި ލަނޑު ކާމިޔާބުކޮށްދީ މެޗުގެ 3 ޕޮއިންޓް ގްރީން ސްޓްރީޓްއަށް ހޯދާއިދީފައެވެ.
ރޭގެ މޮޅާ އެކު ހަ ޕޮއިންޓާ އެކު ލީގުގެ 1 ވަނަގައި މިވަގުތު ގްރީން ސްޓްރީޓަށް ލިބޭއިރު ދެ ވަނައިގައި އޮތް މާޒިޔާ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ވަނީ ތިން ޕޮއިންޓް ލިބިފައިވެއެވެ. އަދި މިއަދު ހަވީރު ހަވީރު މާޒިޔާ އާއި ނިއުކުޅޭ މެޗުން މޮޅުވާ ޓީމަކަށް އެއް ވަނަ ލިބޭނެ އެވެ. އެއްވަރުވެއްޖެނަމަ އެއް ވަނައިގައި އޮންނާނީ ގްރީން ސްޓްރީޓްސް އެވެ.
މިނިވަން ޗެމްޕިއަންޝިޕުގެ ރަނަރަޕް ތިނަދޫންއިން ވަނީ މިއަހަރުގެ ޕްރިމިއަ ލީގައަށް ތައްޔާރުވުމުގެ ގޮތުން އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަތަރަކުން ކެޓި ކްލަބް އީގަލްސްގެ ހަތަރު ކުޅުންތެރިއަކު ޓީމަށް ގެންސްފައެވެ. އެއީ މި ވަގުތު ރާއްޖޭގައި ހުރި އެންމެ އުއްމީދީ އެއް ފޯވާޑް އަހުމަދު ރިޒްވާން (ރިޒޭ) އާއި ހުނަރުވެރި މިޑްފީލްޑަރު އިބްރާހިމް މުބީން (މުއްކި) އާއި ފޯވާޑް އަންސަރު އިބްރާހިމް (އަންކޮ) އާއި ދެ ޑިފެންޑަރުން ކަމަށްވާ ހުސެއިން ސިފާއު ޔޫސުފާއި އަހުމަދު ނޫމާން (ހެލްމެޓް) އެވެ.އަދި ހަމަމީގެ އިތުރުން އެ ޓީމުން ވަނީ ރާއްޖޭގައި މި ވަގުތު ކުޅޭ އެންމެ ތަޖުރިބާކާރު އެއް މިޑްފީލްޑަރު ކަމަށްވާ ވިކްޓަރީ ސްޕޯޓްސް ކްލަބުގެ އަހުމަދު ނިއާޒާއި މާލޭ ލީގުގެ ޗެމްޕިއަން މާޒިޔާ އިން ދޫކޮށްލި އަލީ ހައިޝަމް (ޗުމްޕު)ގެ އިތުރުން ޓީސީގެ އަލީ އިމްރާނާއި ވިކްޓަރީގެ އާދިލް އަބްދުއްރަހްމާން ގެނެސްފައެވެ.
އުރީދޫ ޕްރިމިއަ ލީގުގައި މިއަހަރު ޖުމްލަ 8 ޓީމް ވާދަ ކުރާއިރު އިއްޔެ ހަވީރު މިމުބާރާތުގެ ވާދަކުރި މާޅޮސް އާއި މިލަންދޫގެ މެޗު ވަނީ 2-2 ލަނޑުން އެއްވަރު ވެފައެވެ.