English Edition
Dhivehi Edition

1300 އަށްވުރެ ގިނަ އެނދާއެކު ޖުމްލަ 29 ރަށެއް، ރިސޯޓުގެ ގޮތުގައި ތަރައްޤީ ކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އިން ޢިއުލާންކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން ރޭ ދަރުބާރުގޭގައި “ބުރަބި” ނަމުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ މި ސަރުކާރުގެ ދައުރު ހަމަވާއިރު އިތުރު 29 ރަށެއް ރިސޯޓުގެ ގޮތުގައި ތަރައްޤީކުރުމަށް ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މިނިސްޓަރ ވަނީ އެ 29 ރަށް އިއުލާންކޮށްދެއްވައިފަ އެވެ.

ރިސޯޓުގެ ގޮތުގައި ތަރައްޤީކުރަން ހަމަޖެހިފައިވާ ރަށްތައް:

1. ހއ. މާފިނޮޅު (425 އެނދު، 632 ވަޒީފާ)

2. ހއ. ދައްޕަރު (1،000 އެނދު, 2،000 ވަޒީފާ)

3. ހއ. މެދުފުށި (317 އެނދު، 249 ވަޒީފާ)

4. ހއ. އަލިދުއްފަރުފިނޮޅު (233 އެނދު, 349 ވަޒީފާ)

5. ހދ. ހޮނޑައިދޫ (500 އެނދު، 800 ވަޒީފާ)

6. ހދ. ކުޑަފަރު ފަސް ގަނޑު (233 އެނދު، 349 ވަޒީފާ)

7. ހދ. ވައިކަރަމުރައިދޫ (436 އެނދު، 600 ވަޒީފާ)

8. ށ. ނަލަންދޫ (1700 އެނދު، 2،000 ވަޒީފާ)

9. ށ. ކުޑަޅައިމެންދޫ (400 އެނދު، 600 ވަޒީފާ)

10. ށ. ފުށިފަރު (233 އެނދު، 349 ވަޒީފާ)

11. ނ. ކުންނަމަލައި (250 އެނދު، 300 ވަޒީފާ)

12. ރ. އެގިލި (200 އެނދު، 300 ވަޒީފާ)

13. ރ. އަލިފުށީ ފަޅުން 10 ހެކްޓަރު ބިން ހިއްކުމަށް ފަހު (200 އެނދު، 300 ވަޒީފާ)

14. މ. ސީދީހުރާ (200 އެނދު، 300 ވަޒީފާ)

15. މ. ބޯހުރާ (200 އެނދު، 300 ވަޒީފާ)

16. ފ. އެނބުލުފުށި (200 އެނދު، 300 ވަޒީފާ)

17. ފ. ޖިންނަތަގުއު (200 އެނދު، 300 ވަޒީފާ)

18. ތ. ކާއްޑޫ (200 އެނދު، 300 ވަޒީފާ)

19. ތ. ކަނިމީދޫ (200 އެނދު، 300 ވަޒީފާ)

20. ތ. އޮޅުފުށި (200 އެނދު، 300 ވަޒީފާ)

21. ލ. ކަށިދޫ (233 އެނދު، 349 ވަޒީފާ)

22. ލ. ދޮންބެރަހާ (233 އެނދު، 749 ވަޒީފާ)

23. ލ. ބޮޑުމުންޏަފުށީގައި (233 އެނދު، 300، ވަޒީފާ)

24. ގއ. މާރެހާ ފައި (494 އެނދު، 200 ވަޒީފާ)

25. ގއ. ފުނަދޫވިލިގިއްލާ (233 އެނދު)

26. ގދ. ކަނޑަހަލަގަލާ (215 އެނދު، 200 ވަޒީފާ)

27. ގދ. ފެރޭތަވިލިގިއްޔާ (233 އެނދު، 300 ވަޒީފާ)

28. ގދ. ކަޑެވާރެހާ (200 އެނދު، 309 ވަޒީފާ)

29. ސ. ހަންކެޑެ (207 އެނދު، 309 ވަޒީފާ)

ރޭ ޓޫރިޒަމް މިނިސްޓްރީ އިން އިއުލާންކުރި އެ 29 ރަށާއި ބިންތަކުން ޖުމްލަ 13،720 އެނދާއި 18،672 ވަޒީފާ އުފެދޭނެ އެވެ.

“ބުރަބި” ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އަލީ ވަހީދު ވިދާލުވީ ފަތުރުވެރިކަމަށް ރަށްތައް ދޫކުރުމުގައި އެ އަތޮޅެއްގެ ރައްޔިތުން ބޭނުންވާ ރަށްތަކަށް ޚާއްސަ އިސްކަމެއް ދީފައިވާ ކަމަށާއި، ކޮންމެ އަތޮޅަކުންވެސް ރަށްތައް ކަނޑައެޅުމުގައި ތިމާވެށީގެ ގޮތުން ކުރާނެ އަސަރާއި ރާއްޖޭގެ އެހެން ސިނާއަތްތަކަށް މުހިއްމު ރަށްތައް ނުހިމަނަން އިސްކަންދީފައިވާ ކަމަށެވެ.

އަދި އަންނަ 2020 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ބިޑް ޕްރޮސެސް ނިންމާ މަސައްކަތް ފެށޭވަރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، އަމާޒަކީ މި ސަރުކާރުގެ ދައުރުގެ ތެރޭގައި އެ ރަށްތައް ނިންމާ ވަޒީފާ އަށް ރައްޔިތުން ވެއްދުން ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.