ހއ. ކެލާ ފަޅުތެރޭގައި ރިސޯޓް ތަރައްގީ ކުރަން ޓޫރިޒަމް މިނިސްޓްރީ އާއި ކެލާ ކައުންސިލާއި ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފައިވެއެވެ.
އެމްއޯޔޫގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އިބްރާހިމް ފައިސަލްއެވެ. ސޮއިކުރައްވާފައިވަނީ ކެލައަށް ވަޑައިގެން އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ކެލައަށް ވަޑައިގެން މިނިސްޓަރު ފައިސަލް ވަނީ ކެލާގައި ހިންގާނެ އެފަދަ އެހެން ބައެއް ޕްރޮޖެކްޓްތަކުގެ މައުލޫމާތު އޮޅުންފިލުއްވަވާފައިކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.
ކެލާ ފަޅުތެރޭގައި ތަރައްގީ ކުރާ ރިސޯޓް ޕްރޮޖެކްޓްގެ ފުރިހަމަ ތަފުސީލުތައް އަދި ސަރުކާރުން ހާމައެއް ނުކުރެއެވެ.
ކެލާ ފަޅުތެރޭގައި ރިޒޯޓެއް ތަރައްގީ ކުރުން ހަގީގަތަކަށް ހަދައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިދިއަ ފެބުރުއަރީ މަހުގެ ތެރޭ ކެލައަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.