English Edition
Dhivehi Edition

ޕާކިސްތަނުގެ ކުރީގެ ރައީސް އަދި އަދި މިލިޓަލީ ވެރިޔާ ޕަރްވޭޒް މުޝައްރަފް މެރުމަށް އެ ގައުމުގެ ކޯޓުން ހުކުމް ކޮށްފިކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ޕާކިސްތާނުގެ ހާއްސަ އެންޓި ޓެރެރިޒަމް ކޯޓުން ތިން މެމްބަރުން ހިމެނޭ ބެންޗަކުން އަދި ޕޭޝްވަރ ހައިކޯޓްގެ އިސް ވެރިޔާ އާއި އެކު މި ޝަރީއަތް ބާއްވައި މުޝައްރަފް މެރުމަށް ކޯޓުން ހުކުމް ކޮށްފަައި ވަނީ އޭނަގެ ޣައިރު ހާޒިރުގަ އެވެ.

މުޝައްރަފް މެރުމަށް ކޮށްފައިވާ އެހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ހައްގު ލިބިގެން ވާއިރު އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް އޭނާ ގެންދަވަނީ ދެކޮޅު ހައްދަވަމުންނެވެ.

ޕަރްވޭޒް މުޝައްރަފް މެރުމަށް ހުކުމް ކޮށްފައިވަނީ، 2007 ވަނަ އަހަރު ގާނޫނުއަސާސީގެ ބާރު ކަނޑުވާލައި ކުއްލި ހާލަތު އިއުލާން ކުރި މައްސަލައިގަ އެވެ. އަދި މިމައްސަލައިގައި ޝަރީއަތް ފަށާފައި ވަނީ 2014 ވަނަ އަހަރު އެވެ. މުޝައްރަފް މެރުމަށް ހުކުމް ކުރިއިރު އަމިއްލައަށް އަރުވާލެވިގެން އޭނާ ދިރިއުޅުއްވަމުން ގެންދަވަނީ ދުބާއީގަ އެވެ. މުޝަރައްފް ދުބާއީ އަށް ދިރިއުޅުން ބަދަލު ކުރެއްވީ ބަލިހާލަތު ހުރިގޮތުން ބޭސްފަރުވާ އަށް އެ ޤައުމަށް ދިޔަގޮތަށެވެ.

މުޝައްރަފު ޕާކިސްތާނުގެ ވެރިކަމަށް އަރާ ވަޑައިގަތީ 1999ވަނަ އަހަރެވެ. ނުވަ އަހަރުވަންދެން ވެރިކަން ކުރެއްވި މުޝައްރަފު ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވީ 2008 ވަނަ އަހަރެވެ.