ދުނިޔޭގެ އޯޓިޒަމް ދުވަހާއި ގުޅިގެން އެދުވަސް ފާހަގަ ކުރުމަށްޓަކައި ސ.އަތޮޅު މަދުރަސާގައި ޙާއްސަ އެސެމްބްލީއެއް ބާއްވައިފިއެވެ.
މިއަދު ހެނދުނު ސ.އަތޮޅު މަދަރުސާގެ ކުޅިވަރު ދަނޑުގައި ބޭއްވި މި އެސެމްބްލީގައި ވަނީ އޯޓިޒަމާއި ބެހޭގޮތުން ދަރިވަރުންނަށް އެކިއެކި މުހިއްމު މައުލޫމާތު ދީފަވެ.އަދި މިއެސެމްބްލީގެ ތެރެއިން އޯޓިޒަމް ބައްޔާއި ބެހޭގޮތުން ހޭލުންތެރިކަން އިތުރު ކުރެވޭފަދަ ހަރަކާތްތަކެއްވެސް ވަނީ ކުރިއަށް ގެންދެވިފައެވެ.
މިއެސެމްބްލީގައި ހުރިހާ މުދައްރިސުން ބައިވެރިވެފައިވަނީ އޯޓިޒަމް ދުވަހަށް ކަނޑައަޅައިފައިވާ ނޫކުލައިގެ ހެދުމުގައެވެ.އދި ސްކޫލުގެ އެކްޓިވިޓީ ޔުނިފޯމުގެ ކުލައަކީ ނޫކުލަ ކަމަށް ވާއިރު ދަރިވަރުންވެސް ހާޒިރުވީ އެކްޓިވިޓީ ޔުނިފޯމުގައެވެ.
ޤައުމީ އަދި ބައިނަލްއަޤްވާމީ މިފަދަ ދުވަސްތައް ފާހަގަ ކުރުމަށް ސ.އަތޮޅު މަދަރުސާއިން ވަރަށްބޮޑު އިސްކަމެއް ދެއެވެ. މިގޮތުން މީގެކުރީންވެސް ވަނީ މިފަދަ ދުވަސްތައް ވަރަށް ކުލަގަދަކޮށް ފާހަގަ ކުރެވިފައެވެ.