English Edition
Dhivehi Edition

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރެވޭނީ މިއަހަރުގެ ނިޔަލަށް ޕާޓީގައި ތިބޭ މެމްބަރުންނަށް ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީގައި ވާދަކުރެވޭނީ އަދި އެޕްރައިމަރީގައި ވޯޓުދެވޭނީވެސް އެކެއް ޖެނުއަރީ 2020 ކުރިން ޕާޓީގެ މެމްބަރުންގެ ދަފްތަރުގައި ހިމެނިފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ.

ކޮއްމެ އިންތިޚާބެއްވެސް ކާރިވީމާ މެމްބަރުންތައް ޕާރޓީ ބަދަލުކުރުމަކީ ޢާއްމު ކަމެކެވެ.އަދި މިކަމުގެ ސަބަބުން ޢާއްމު މެމްބަރުންގެ މެދުގައި ހިތްހަމަ ނުޖެހުންތައް އުފެދި ބައެއްފަހަރު މަސްލަޙަތު ގެއްލޭ ހިސާބަށްވެސް ކަންތައް ދެއެވެ.

މިދިޔަ މަޖިލިސް އިންތިހާބުގެ ޕްރައިމަރީއާއި އެމްޑީޕީގެ ރައީސަކު ހޮވުމަށް އިހަށް ދުވަހު ބޭއްވުނު އިންތީޚާބާއި ދިމާކޮށްވެސް އެހެން ޕާޓީތަކަށް ނިސްބަތްވާ ގިނަ އަދަދެއްގެ ބަޔަކު އެ ޕާޓީއަށް ވަދެ ޕްރައިމަރީގައި ވޯޓު ލާފައިވެއެވެ. އެކަމާ ގުޅިގެން އެމްޑީޕީގެ ބައެއް އާންމު މެމްބަރުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށް އެފަދަ ކަންކަން ތަކުރާރު ނުވާނެ ގޮތަކަށް ކަންކަން އިންތިޒާމުކުރަން ގޮވާލާފައެވެ..

އިލެކްޝަންސް ކޮމިޝަނުން މިދިޔަ މަހު އާންމު ކުރި ތަފާސް ހިސާބުތަކުން އެމްޑީޕީގެ މެމްބަރުންގެ އަދަދަކީ 53،694 އެވެ. އަދި މިޕާޓީއަކީ ސިޔާސީ ޕާރޓީތަކުގެ ތެރެއިން އެއްމެ މެމްބަރުންގިނަ ޕާޓީވެސްމެއެވެ.