English Edition
Dhivehi Edition

ހިތަދޫ ކޮންވެންޝަން ސެންޓަރުގައި އަލަށް ހަދާފައިވާ އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލް ގެ އިމާރާތާއި ގޯތިތެރެ ސާފުކުރުމަށް ހިންގާ ޚާއްސަ ޙަރަކާތެއް މާދަމާ އޮންނާނެއެވެ. މާދަމާ މިޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 4.00 ގައެވެ. މިއީ މިފަދަ މުހިއްމު އަދި ޚާއްސަ ޢިމާރާތެއް އައްޑޫގައި ޤާއިމް ވެ ޚިދުމަތަށް ހުޅުވާލާއިރު ރައްޔިތުންގެ އެއްބާރުލުން އެކުވެރިކަމާއެކު ފޯރުކޮށްދީ އެންމެން އެއްރޫޙެއްގައި އައްޑޫސިޓީއަށް ލިބިގެންމިދާ ކުރިއެރުމުގައި ބައިވެރިވެ ސާބިތުވެތިބިކަން ހާމަކޮށްދިނުމުގެ މަޤްސަދުގައި ހިންގާ ޙަރަކާތެކެވެ. އައްޑޫސިޓީ ކައުންސިލާއި އައްޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ ގުޅިގެން ހިންގާ މި ޙަރަކާތުގައި އައްޑޫސިޓީގެ ޖަމްޢިއްޔާތަކާއި ސަރުކާރާއި އަމިއްލަ އޮފީސްތަކާއި މުވައްސަސާތަކާއި ވީހާ ގިނަ ރައްޔިތުން ބައިވެރިވެ ދެއްވުމަކީ އިންތިޒާމް ކުރާ ފަރާތްތަކުގެ ވަރަށް ބޮޑު އެދުމެކެވެ.

އައްޑޫއީކުއެޓޯރިއަލް ހޮސްޕިޓަލް އަންނަ ހަފްތާގެ ތެރޭ ހުޅުވުމަށްޓަކައި މިހާރު ކުރިއަށްދަނީ އެންމެ ފަހުގެ ތައްޔާރީތަކެވެ. މިއީ އެންމެ ފަހުގެ މެޝިނަރީ ތަކާއެކު ޒަމާނީ ފެންވަރަށް ޢިމާރާތްކޮށްފައިވާ ހޮސްޕިޓަލެކެވެ.