English Edition
Dhivehi Edition
އެންސިސްފެކްޓްރީ ހުލުވުން:ފޮޓޯ ރައީސް އޮފީސް

ދުވާލަކު 25 ޓަނުގެ ދަޅުމަސް ބަންދުކުރެވޭ ވަސީލަތްތައް ގާއިމްކޮށްވާ އެންސިސް ކާރުހާނާ އިއްޔެ ހުޅުވައިފިއެވެ. މިތަން ހުޅުވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެވެ. އެންސިސް މަސް ބަންދުކުރާ ކާރުޚާނާ ހުޅުވާފައިވަނީ ހުޅުމާލެ އިންޑަސްޓްރިއަލް ޒޯންގައި ގައެވެ. މިތަނާއެކު 100 ޓަނުގެ އައިސް ޕްލާންޓެއް ވެސް އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުން އިއްޔެ ވަނީ ހުޅުވައިފި އެވެ. މިއާއެކު މަސް ކިރަން އަންނަ އޮޑި ފަހަރަށް ހާއްސަކޮށް 20 ދޯނި ބަނދަރުކުރެވޭ ބަނދަރެއްވެސް އެތަނުގައި ހަދާފައިވެ އެވެ.

ފުޅާ ދާއިރާއެއްގައި މަހުގެ އުފެއްދުންތައް ތައްޔާރުކޮށް ރާއްޖެއާއި ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރަމުން އަންނަ އެންސިސް އަކީ 3 އެކުވެރިންކަމަށްވާ މުހައްމަދު ވަސީމް އިސްމާއީލް އާއި އަބްދުﷲ ސައީދު އަދި އަބްދުލް ވާހިދު ތައުފީގުގެ އިސްނެގުމާއެކު އުފެދި ކުރިއަރަމުން އަންނަ ކާމިޔާބު ކުންފުންޏެކެވެ.

އޮގަސްޓް 2015 ވަނަ އަހަރު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ އެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި ހުޅުވުނު ކާރުހާނާ އަކީ 25 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ. އެ ތަނުގައި މަސް ރައްކާކުރުމަށް 1500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ވަނީ ގާއިމްކޮށްފަ އެވެ.

މި ފެކްޓްރީއަށް ބޭނުންވާ 400 މުވައްޒަފުން ހޯދުމުގެ މަސައްކަތް މިދިޔަ މަހުން ފެށިގެން އެންސިސް އިން ކުރިއަށް ދެންދާއިރު އޭގެ ތެރެއިން 175 ވަޒީފާ ހާއްސަކޮށްފައި ވަނީ އަންހެނުންނަށެވެ.މިއީ ދަޅުމަސް ބަންދު ކުރުމަށް ރާއްޖޭގައި ހުޅުވިގެން ދިޔަ މިފަދަ ތިންވަނަ ފެކްޓަރީ އެވެ