English Edition
Dhivehi Edition

ކުރެވޭ ވަރަށް ކުޑަ ކުޑަ ކަމަކުން ވެސް އެމީހަކާމެދު އެހެން މީހުން ދެކޭ ގޮތް ބަދަލުވެދާނެއެވެ.

ނެދަލޭންޑްގެ ބޮޑުވަޒީރު މާކް ރުޓްގެ މި ޢަމަލުން އޭނާއަށް އެތައް ބަޔަކު ތަޢުރީފް ކުރިއެވެ.މި ވީޑިއޯއިން ފެންނަގޮތުގައި ހިފައިގެން އައި ކޮފީތަށި އޭނާގެ އަތުން ވެއްޓުމުން ސާފު ކުރަން އެހެން ބަޔަކު އާދޭތޯ ބައްލަން ހުރުމުގެ ބަދަލުގައި އަވަސްވެގަންނަނީ އަމިއްލައަށް ސާފުކުރެއްވޭތޯއެވެ. މަޖްލީހުގެ މަސައްތަކު މީހުން އެމަންޒަރު ބަލަން ތިބިއިރު ހިތްވަރު ދިނުމުގެ ގޮތުން ތަރްޙީބުދޭ މަންޒަރު ފެނެއެވެ. ބޮޑުވަޒީރަށް މޮޕް ގެންގުޅެން ނޭނގުމުން އެންމެ ފަހުން މަސައްކަތު މީހުން އެހީތެރިވެދީގެން ސާފުކޮށް ނިންމާލީއެވެ. މިއީ މީސްމީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވި ވީޑިއޯ އެކެވެ. މީގެން ދައްކުވައިދެނީ އަމިއްލައަތުން ހޭވުނު ހަޑިއެއް އެހެންބަޔަކަށް ހަވާލުނުކޮށް ތިމާ އަމިއްލައަށް ކޮށްނިންމާލުމުގެ ރީތި ސިފައެވެ. އެހެނަސް މިއީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ވަރުގެ ކަމެއް ނޫނެވެ. ހުންނަ ބޮޑާ ކަމަކުން ނުވަތަ މަޤާމުގެ ޙައިސިއްޔަތުން ނޫނީ ލަދުންވެސް މިފަދަ ކަމެއް ކޮށްލަން ނުކެރުމަކީ އެކަށީގެންވާ ކަމެކެވެ.އެހެނަސް މާކްގެ މިޢަމަލާއެކު އޭނާގެ ހިތްތިރި މިޒާޖު މީހުންނަށް ހާމަވެ އެނގިއްޖެއެވެ.ލަދުރަކި ކަމަކާއެކުވެސް އެކަންކުރުމުގައި އެގެންގުޅުއްވި ގޮތުން ބޮޑާ ކަމެއް ނެތްކަމާއި ގޮތެއް އެބަހުރި ކަން މީހުން ގަބޫލު ކޮށްފިއެވެ.

މީގެ އެހެން މިސާލެކެވެ.ދެވަނައަށް އެފެންނަ ވީޑިއޯގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ޤައުމުގެ އެއަރފޯސް މަތިންދާ ބޯޓަށް އަރުއްވަމުން އަތުގައި އޮތް ކުޑަ ނަގާ ވައްޓާލުމަށް ފަހު ފްލައިޓަށް އަރާ ވަޑައިގަތީއެވެ. ކުޑަ ލައްޕާލަން ރައީސަށް އެނގި ވަޑައިނުގަތީ ބާވައޭ ބުނެ އެތައް ބައެއްގެ ސުވާލު މިކަމަށް ކުރިމަތިވިއެވެ. އެއްބަޔަކު ގަބޫލު ކުރީ އެއީ ހުންނަ ފަރުވާ ކުޑަ ކަމުގެ ރަމްޒަކަށެވެ. ކޮންމެ ކަމެއް ވަރިހަމަ ކޮށްލާނެ ކަމެވެ. ހަރުކަށިކަމާއި ބޮޑާކަމުގެ މިސާލަކަށެވެ. މިއީ ޢާއްމުކޮށްވެސް ޓްރަމްޕްއާއި މެދު މީހުން ފާޅުކުރާ ޚިޔާލުތަކާއި ދިމާވާ ކަމެއް ވެސް މެއެވެ.ރައީސް ޓްރަމްޕް އަކީ އެމެރިކާގެ ރައީސުންގެ ތެރެއިން ޢާއްމުންގެ ތަރުޙީބު އެންމެ ކުޑަ ރައީސެވެ. މިކަހަލަ ޢަމަލުތައް ވެގެންދަނީ އޭނާ އާއި މެދު މީހުން ދައްކާ ނުރުހުމުގެ ވާހަކަތަކަށް ލިބޭ “ޕްލަސް ޕޮއިންޓް” ތަކަކަށެވެ.

 

ވިސްނަންވީ ކަމަކީ މިހާރު ޢާއްމުކޮށް ކުރެވޭ ކޮންމެ ކަމެއް ރިކޯޑުކޮށް ރައްކާކުރެވޭ ޙާލަތަށް އިންސާނުން ކުރިއަރާ ގޮސްފައިވާތީ އެއްވެސް ކަމެއް ވަންހަނާ ނުކުރެވޭނެ ކަމެވެ. ތިމާގެ ޙަރަކާތްތަކަށް ފާރަވެރިވާ އެތައް ބަޔަކު ތިބިކަން ގަބޫލުކޮށް ކަންކަމުގައި ވިސްނުން އިސްކުރުމެވެ. ފަރުވާތެރިކަމާއި ޙިކުމަތްތެރިއެކު ތިމާއަކީ ކާކުކަން އެހެން މީހުންނަށް ދައްކާލުމުގައި ދުވަސް ހޭދަކުރެވޭތޯ ބައްލަވާށެވެ.