English Edition
Dhivehi Edition

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަކީ އިންޞާފު ވެރި އިންތިޚާބަކަށް ވާންޖެހޭ ކަމަށާއި ވޯޓު ލާން ފެށިއިރު ކުދި ކުދިމައްސަލަތައް ހުރި ނަމަވެސް މާބޮޑު މައްސަލައެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. މިއަދު ކުރިއަށް ދާ އިންތިޚާބުގައި ވޯޓުލެއްވުމަށް ފަހު މީޑިއާ ތަކާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން އިންތިޚާބަށް ދުރާލާ ތައްޔާރުވެފައިވާތީ ދިމާވެފައިވާ މައްސަލަވެސް ޙައްލު ކުރެވޭނެކަމަށެވެ. އަދި މިއިންތިޚާބުގައި، ބައިނަލްއަޤްވާމީ މުޖްތަމައުން ވަންނަންޖޭހޭ ވަރުގެ މަސައްލައެއް ދިމާވާނެކަމަށް ޤަބޫލުފުޅު ނުކުރައްވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވޯޓު ލައްވާފައިވަނީ ސެންޓާރފޯރ ހަޔަރސެކަންޑްރީ އެޑިޔުކޭޝަނަގައި ގައި ހުރި ވޯޓު ފޮއްޓަށެވެ. އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންދާއިރު އިންތިޚާބުގެ ސަލާމަތީ ކަންކަން ބަލަހައްޓައި އިންތިޚާބަށް އަމާން މާޙައުލެއް ޤާއިމްކޮށްދިނުމަށް ފުލުހުން ދަނީ “ދިހި” ގެ ނަމުގައި ޚާއްޞަ އޮޕަރޭޝަނެއް ހިނގަމުންނެވެ.