English Edition
Dhivehi Edition

އިއްޔެ ބޭއްވި ލޯކަލް ކައުންސިލު އިންތިހާބުގެ ނަތީޖާ ގަބޫލު ނުކުރަން ޖެހޭ ފަދަ ސަބަބެއް ނެތް ކަމަށް ސަރުކާރުން ބުނެފިއެވެ. އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ބެހޭ ގޮތުން ނޫސްވެރިންނާ ވާހަކަދައްކަވަމުން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވީ ވެރިކަންކުރާ ޕީޕީއެމް/އެމްޑީއޭ ކޯލިޝަނަށް “ހިތްހަމަޖެހޭ ވަރުގެ ކާމިޔާބީއެއް” ލިބިފައިވާ ކަމަށެވެ. މިހާތަނަށް ގުނާފައިވާ ވޯޓު ފޮށިތަކުގެ ނަތީޖާ އަށް ބަލާ އިރު ކައުންސިލްތަކުގެ 219 ގޮނޑި ޕީޕީއެމް/އެމްޑީއޭ/ޑީއާރުޕީ ކޯލިޝަނުން ކާމިޔާބުކޮށްފައިވާ ކަމަށް ނިހާނު ވިދާޅުވިއެވެ. އަދި އިދިކޮޅު އެމްޑީޕީ އަށާއި ޖޭޕީ އަށް ލިބިފައި ވަނީ 206 ގޮނޑި ކަމަށް އޭނާ ވިދާޅުވި އެވެ.