English Edition
Dhivehi Edition

ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫސިޓީ ކައުންސިލްގެ 7 ގޮނޑިވެސް އެމްޑީޕީން ކާމިޔާބުކޮށްފިއެވެ. ކައުންސިލްގެ ހުރިހާގޮނޑިއެއް އެ ޕާޓީން ކާމިޔާބު ކުރީ ވަރަށް ތަނަވަސް އައުލަބިއްޔަތަކާ އެކުގަ އެވެ. ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމުން ބުނަމުން ގެންދިޔައީ އައްޑޫސިޓީގެ ތަރައްގީއަށް ހުރަސް އަޅާ ބަޔަކީ އެމްޑީޕީގެ އައުލަބިއްޔަތު އޮތް އައްޑޫސިޓީ ކައުންސިލަރުން ކަމަަށެވެ. އަދި އައްޑޫއަށް އެކަށީގެންވާ ތަރައްގީއެއް ގެނެވޭނީ ސަރުކާރަށް ތާއީދު އޮތް ކައުންސިލް އެއް އައްޑޫގައި އޮތުމުން ކަމަށެވެ. އެހެންކަމުން މި އިންތިޚާބު ކާމިޔާބު ކުރުމަށް ޕީޕީއެމުން ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފައެވެ.