English Edition
Dhivehi Edition

ކައުންސިލް ތަކުގެ 33 އިން ސައްތަ އަންހެނުންނަށް ޚާއްސަ ކުރުމަށް މަޖްލީހުގެ ބިލް ފާސް ވުމާއިގުޅިގެން ކައުންސިލް އިންތިޚާބުގައި އަންހެނުންނަށް ގޮނޑިތައް ބަހާފައިވާގޮތް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައިފިއެވެ.

އަންނަ އޭޕްރީލް މަހުގެ 7 ވާ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން މާލެސިޓީގެ 19 ގޮނޑީގެ ތެރެއިން 6 ގޮނޑި އަންހެނުންނަށް ޚާއްސަކޮށްފައިވާއިރު އައްޑޫ ސިޓީގެ 13 ގޮނޑީގެ ތެރެއިން 4 ގޮނޑި ވަނީ އަންހެނުންނަށް ޚާއްސަ ކޮށްފައެވެ. ފުވައްމުލަކު ސިޓީއިން އަންހެނުންނަށް ޚާއްޞަކޮށްފައިވަނީ 2 ގޮނޑިއެވެ. އެސިޓީގެ ގޮނޑިގެ ޖުމްލަ ޢަދަދަކީ 7 އެވެ. މިއާއެކު އާބާދީގައި 3000 އަށް ވުރެ މަދު ކައުންސިލްތަކުން 2 ގޮނޑި އަންހެނުންނަށް ޙާއްސަ ކުރެވިފައި ވެއެވެ. އެއަށްވުރެ އާބާދި ބޮޑު ރަށްތަކުގެ ކައުންސިލްތަކުން 3 ގޮނޑި އަންހެނުންނަށް ޚާއްސަ ކުރުމަށްވެސް ވަނީ ހަމަޖެހިފައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައެވެ.

ލޯކަލް ކައުންސިލްގެ އިންތިޚާބާއެކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުވެސް ބާއްވާނެއެވެ. މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގައި ހިމެނޭނީ 18 ގޮނޑި އެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި އައްޑޫ ސިޓީގެ ބާރަ ދާއިރާއަކުން 10 މެމްބަރުން އިންތިޚާބް ކުރަން ހަމަޖެހިފައިވެއެވެ. އަދި ފުވައްމުލަކު ސިޓީން 6 މެމްބަރުންއިންތިޚާބު ކުރާއިރު 3000 އިން ދަށުގެ އާބާދީތަކަށް ކައުންސިލަރުންނާއި އެއްވަރަށް އަންހެނުންގެ ކޮމިޓީގައިވެސް މެންބަރުން ތިބޭނެކަމަށް އީސީއިން މަޢުލީމާތު ދެއްވިއެވެ.