Iyaadha kuranivi hakathaige technology aa gulhey gothun Japan ge safeeraa mashvaraa kurahvaifi - AO News
English Edition
Dhivehi Edition

Worldwide

  • 20,023,016confirmed
  • 12,897,813recovered
  • 6,391,230active
  • 733,973deaths

Maldives

  • 5,041confirmed
  • 2,804recovered
  • 2,218active
  • 19deaths

ކޮވިޑް 19 ކަވަރޭޖް

8 މަސް ކުރިން

ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވަވާފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޖަޕާނުގެ އައު އެމްޕެރަރ ރަސްމީގޮތުން ތަޚުތަށް އިސްކުރެއްވުމުގެ އިޙްތިފާލުގައި ބައިވެރިވެ ވަޑައިގެންނެވުމަށް އެމަނިކުފާނުގެ ދެކަނބަލުން ދާދިފަހުން ޖަޕާނަށް ކުރެއްވި ދަތުރުފުޅުގައި ޖަޕާނު ސަރުކާރުން ބެހެއްޓެވި ގާތްކަމާއި ދެއްވި އެއްބާރުލެއްވުމަށް ޖަޕާނު ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ޖަޕާނުގެ ސަފީރާއި ރައީސުލްޖުމްހޫރިއްޔާ ވަނީ އިޢާދަކުރަނިވި ހަކަތައިގެ ޓެކްނޮލޮޖީއާ އިޤްތިޞާދީ ދާއިރާއިން ރާއްޖޭގެ ތަރައްޤީއަށް ޖަޕާނުގެ އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުން ވަނީ ކުރިމަގުގައި ދެ ޤައުމުގެ ގުޅުން އިތުރުދާއިރާތަކުން ފުޅާކުރެއްވުމަށް މަސައްކަތްކުރައްވާނެކަން ހާމަކުރައްވާފައެވެ.