English Edition
Dhivehi Edition

ފޮޓޯ: މުހައްމަދު އީވާޒް ޒާހިރު

ލިޔުނީ: އަހްމަދު ހިޒާމް ޙަލީލު

2017 ވަނަ އަހަރުގެ ދުނިޔޭގެ ސިއްހަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފޭދޫ ސްކޫލުގައި ހަރަކާތްތަކެއް ބާއްވައިފިއެވެ.

ފޭދޫ ސްކޫލުގެ ސައެންސް ޑިޕާރްޓްމެންޓް (ސްޕެކްޓްރާ) އިން އިސްނަގައިގެން މި ދުވަސް ފާހަގަކުރުމުގެ ގޮތުން ހެނދުނު ދަންފަޅި ފެށީ ވަރަށް ހާއްސަ އެސެމްބްލީއަކުންނެވެ. މި އެސެމްބްލީގައި މި އަހަރުގެ ސިއްހަތުގެ ދުވަހުގެ ޝިއާރު ކަމުގައިވާ ” ޑިޕްރެޝަން، ލެޓްސް ޓޯކް” އާއި ބެހޭގޮތުން ޑްރާމާއެއް ހުށައަޅައި ދީފައިވެއެވެ.

އަދި ހަމައެހެންމެ މި އެސެމްބްލީގައި ސްކޫލްގެ ކައުންސިލަރް ހާލިދާ ވާހަކަދައްކަވާފައިވެއެވެ. ހާލިދާ ވިދާޅުވީ ” ޑިޕްރެޝަންއަކީ ކުޑަކަމެއް ނޫންކަމަށާއި އެއީ ޖިސްމާނީ ގޮތުންނާއި ނަފްސާނީގޮތުން ހަށިގަނޑަށް ދިމާވާ ބަލިމަޑުކަމެއް ކަމަށެވެ. މިކަން ދިމާވާން މެދުވެރިވާ އެއްމެ ބޮޑު އެއް ސަބަބަކީ ހަނގާކުރުމުން ކަމަށާއި މިކަމުގެ ސަބަބުން އަޅުގަނޑުމެންގެ ތެރެއިން އެތައް ބިޔަކު މި ދުނިޔެ ދޫކޮށްފައިވާކަމަށް ޚާލިދާ ވިދާޅުވިއެވެ. މި އެސަމްބްލީގައި ކޮންމެ ކުއްޖަކަށް ފެހި ރިބަންކޮޅެއްވެސްދެވުނެވެ.

މީގެ އިތުރުން މި ދުވަސް ފާހަގަކުރުމުގެ ގޮތުން ޕޯސްޓަރް ކުރެހުމުގެ މުބާރާތެއް ވެސް ބާއްވަން ވަނީ ހަމަޖެހިފައެވެ. ފޭދޫ ސްކޫލުގެ ސައެންސް ޑިޕާޓްމެންޓްއިން މިދުވަސް ފާހަގަކުރުމުގެ މައިގަނޑު މަގްސަދަކީ ޑިޕްރެޝަނަކީ ގިނައިން ފުރާވަރުގެ ކުދިންނަށް ދިމާވާ ކަމަކަށް ވުމުން މިކަމުން މުޅި މުޖްތަމައު ސަލާމަތްކުރުމަށެވެ.

މީގެ އިތުރުން`ސްކޫލްގެ ގްރޭޑް 8 އަދި 9 ކުދިންނަށް ސުކޫލުގެ ކައުންސިލަރް ވަނީ ވަރަށް ހާއްސަ އެއްގަޑިއިރުގެ ކްލާހެއް ނަގާދީފައެވެ. މި ކުލާހުގައި ޑިޕްރެޝަންއާއި ބެހޭގޮތުން ދަރިވަރުންނަށް ގިނަ ގުނަ މައުލޫމާތުތައް ދީފައިވެއެވެ.

ފޭދޫ ސްކޫލަކީ ސްކޫލްގެ ސައެންސް ޑިޕާރްޓްމެންޓްގެ ފުރިހަމަ އެހީއާއި އެއްބާރުލުމާއެކު ކޮންމެއަހަރަކުވެސް މި ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކުރަމުން އަންނަ ސްކޫލެކެވެ.