Addu City ge 3 rasheggai "gey dhoshu mas plant " gaaim kuranee - AO News
English Edition
Dhivehi Edition

Worldwide

  • 11,087,439confirmed
  • 6,212,404recovered
  • 4,348,619active
  • 526,416deaths

Maldives

  • 2,410confirmed
  • 1,976recovered
  • 419active
  • 10deaths

ކޮވިޑް 19 ކަވަރޭޖް

7 މަސް ކުރިން

އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫ ސިޓީގެ 3 ރަށެއްގައި “ގޭދޮށު މަސް ޕްލާންޓް” ޤާޢިމުކުރުމާގުޅޭ އެއްބަސްވުންތަކެއްގައި މިއަދު ސޮއިކޮށްފިއެވެ. މިއީ އައްޑޫ ސިޓީގައި މަސް ޕްލާންޓްތައް ބަހައްޓައި، ކަނޑުމަސް ގަނެ، ޕްރޮސެސްކޮށް، އަގު އެއްކުރެވޭ ބާވަތްތައް އުފެއްދުމަށްޓަކައި ޤާއިމް ކުރެވޭ ޕްލާންޓްތަކެއް ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. އެގޮތުން މިއިން ކޮންމެ މަސްޕްލާންޓެއް ގާއިމުކުރެވޭނީ 20 ޓަނުގެ އައިސް އުފައްދައި 10 ޓަނުގެ މަސް ފިނިކޮށް ބެހެއްޓޭނެ ވަސީލަތްތައް ހިމެނޭގޮތަށެވެ. މި މަސްޕްލާންޓުތަކުން މަސް ކިރުމާއި ސާފުކުރުމާއި ފިނިކުރުމާއި ގަނޑުކުރުމާއި ވެކިއުމްޕެކް ކުރުމާއި ޕެކޭޖްކުރުމާއި ކޮލިޓީ ޓެސްޓުކުރުމާއި ތަފާތު ވައްތަރުގެ މަސް ޕްރޮސެސްކުރުމުގެ މަސައްކަތް ކުރެވޭނެއެވެ. މި މަސްޕްލާންޓުތައް ޤާއިމު ކުރުމުން 400 ޓަނާއި 800 ޓަނާއި ދެމެދުގެ އަދަދަކަށް މަސް ގަނެ ޕްރޮސެސް ކުރުމަށް މަގުފަހިވެގެންދާނެއެވެ

Advt

Advertisement

މަސްޕްލާންޓުތައް ތައްޔާރުކޮށް ހިންގަން ފެށުމަށް 6 މަސް ދުވަސް ހޭދަވާނެކަމަށް ލަފާކުރެވޭއިރު، ގޭދޮށު މަސްޕްލާންޓަކީ މި ސަރުކާރުގެ މެނިފެސްޓޯގައި ފާހަގަކޮށްފައިވާ ޚާއްސަ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ އަނެއް ބޭނުމަކީ މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުކުރުމާއި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި މަސްގަތުމާއި މަސް ޕްރޮސެސްކުރުމުގެ ވަސީލަތްތައް ރާއްޖޭގައި އިތުރުކުރުމާއި އަގު އެއްކުރެވޭ މަހުގެ އުފެއްދުންތައް އިތުރުކޮށް، ރައްޔިތުންގެ އާމްދަނީ އިތުރުކުރުމެވެ.

މިއަދު ބޭއްވެވި ރަސްމިއްޔާތުގައި މި އެއްބަސްވުންތައް ބަދަލުކުކުރުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ ޚާރިޖީ ވަޒީރު ޢަބުދުﷲ ޝާހިދެވެ. އަދި އިންޑިޔާ ސަރުކާރުގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ އިންޑިޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރައްވާފައި ވަނީ މިއަހަރުގެ މާރިޗު މަހުގެ ތެރޭގައި އިންޑިޔާގެ ކުރީގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް މަރްޙޫމް ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރޭގައެވެ. އައްޑޫ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން ހިންގެވުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުތަކުގައި ހިމެނޭ ގޭދޮށު މަސްޕްލާންޓްތައް ޤާޢިމުކުރުމަށް ހަމަޖެހިފައި ވަނީ އައްޑޫސިޓީގެ ހިތަދޫ، ހުޅުދޫ-މީދޫ އަދި މަރަދޫގައެވެ.