ކުޑަކުދިންނަކީ އެމީހުން ވަހާކަ ދައްކާއިރު ބައެއްފަހަރު އެހާ ހަމަޖެހޭ ވާހަކަ ދައްކާ ކުދި ބައެއް ނޫނެވެ. މިހެން ވަނީ އެކުއްޖެއްގެ އުމުރާ ގުޅޭވަރަށް ކަންކަމުގެ މައުލޫމާތު އެނގިފައި ނުވުމުންނެވެ. ދާދި ފަހުން ޔޫގެ ގެ ސްކޫލެއްގެ އުމުރުން 6 އަހަރާއި 11 އަހަރާ ދެމެދު ކުދިންގެ މެދުގައި ކުރި ދިރާސާ އަކުން ދައްކާގޮތުގައި އެކުދިންގެ އުމުރަގުޅޭ އެތައްމައުލޫމާތެއް ރަނގަޅަށް ލިބިފައި ނެތެވެ.
އެގޮތުން ދިރާސާ ކުރިފަރާތް ތަކުން ބުނީ، ދިރާސާގައި ބައިވެރިވި 10 ކުދިންގެ ތެރެއިން 3 ކުދިންނަށް ބާޒާރުގައި ވިއްކަން ހުންނަ ރޯމަހަކީ ކަނޑުމަހުން އުފައްދާ އެއްޗެއްކަން ނޭންގެއެވެ. އަދި ޗެރީޓޮމާޓޯ އަކީ ދުވަހަކުވެސް މި 10 ކުދިންގެ ތެރެއިން ކޮންމެ އެއްކުއްޖަކު ބުނާގޮތުން ދުވަހަކުވެސް ކެއުމުގައި ބޭނުންކުރި އެއްޗެއް ނޫނެވެ.
ކިޗެން އެޕްލިއެންސް ފާމް އިން ދާދިފަހުން ޔޫކޭގެ އެކި ސްކޫލުތަކުގެ ކުދިންގެ މެދުގައި މި ދިރާސާ ހަދާފައިވަނީ އެކުދިންގެ އާންމު މައުލޫމާތު މުއްސަނދި ވެފައިވާ ވަރު ބެލުމަށެވެ. މިދިރާސާ ހެދި ފަރާތް ތަކުން އެކި އުމުރުގެ 1000 ކުދިން ބައިވެރިކޮށްފައި ވެއެވެ. އަދި އެމީހުން ބުނާ ގޮތުގައި ޓީޗަރުންނާއި މައިންބަފައިން އެންމެ ލަދުގަންނަން ޖެހޭ ކަމަކަށް މި ދިރާސާއިން ފާހަނގަ ކުރެވުނީ އެކުދިންގެ ތެރެއިން ގިނަ ކުދިންނަށް ގެރި އެއީ މެމަލް އެއްކަން ނޭނގުމެވެ. އެކުދިން ބުނާގޮތުގައި ގެރިއަކީ ބިސް އަޅާ އެއްޗެކެވެ.
މިދިރާސާކުރި އިސްފަރާތް ތަކުން ބުނީ އެމީހުންނަށް އެންމެ ބޮޑަށް ފާހަނގަ ވީ ކަންތައް ތަކަކީ ކުދިންގެ އުމުރާ ގުޅޭ ވަރަށް ގިނަ މައުލޫމާތު ޔޫކޭގެ ސްކޫލްތަކުގެ ކުދިންގެ ގައިގައި ނެތްކަމެވެ. އަދި އެކުދިން ކާން ބޭނުން ކުރާ ގިނަ އެއްޗެހީގެ މައުލޫމާތު ވެސް އެކުދިންނަށް ނޭނގޭކަމަށެވެ.
ކުޑަކުދިންނަކީ އެކުދިންގެ އުމުރާއި ގުޅޭގޮތަށް އެކިއެކި ކަންކަން ބަލައި ހޯދާ ކުދިބައެކެވެ. އެހެން ކަމުން އެކުދިން އުޅޭމާހައުލުން އެކުދިން ދަސްކުރާކަންތައް ތަކާއި ސްކޫލުން ދަސްވާ އެޗިހީގެ އިތުރަށް އުމުރާއި ގުޅޭގޮތަށް އާންމު މައުލޫމާތު އެކުދިންނަށް ދިނުމަކީވެސް ވަރަށް މުހިންމު ކަމެކެވެ.