English Edition
Dhivehi Edition

ޕްރޮސިކިއުޓަރ ޖެނެރަލް(ޕީޖީ)ގެ މަގާމަށް ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް ޙުސެއިން ޝަމީމްގެ ނަން، ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުސްވެފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް ބޭފުޅަކު ޢައްޔަންކުރުމަށްޓަކައި އާންމުކޮށް އިއުލާންކުރުމުން އެކަމަށް އިޖާބަދެއްވި ބޭފުޅުންގެ ތެރެއިން ހ.ހިޔާކަން ޙުސެއިން ޝަމީމު އެ މަޤާމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދުމަށް މިއަދު ފޮނުވާފައިވާ ކަމަށެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވި އައިޝަތު ބިޝާމް މިދިޔަ ބުރާސްފަތި ދުވަހު އިސްތިއުފާ ދެއްވުމާއި ގުޅިގެން ޕީޖީގެ މަގާމު ވަނީ ހުސްވެފައެވެ. އަދި އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން އޮތީ އާދީއްތަ ދުވަހުގެ މެންދުރާއި ހަމައަށް ހުޅުވާލާފައެވެ.ވަގުތު ހަމަވިއިރު އެމަޤާމަށް އެދިފައިވަނީ 3 ފަރާތަކުންނެވެ.

ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް ބިޝާމް މަޤާމުން ވަކި ކުރުމުގެ އިޖުރާޢު ތައް މިސަރުކާރުން ފެށުމާއެކު އޭނާވަނީ އެ މަޤާމުން އިސްތިޢުފާ ދެއްވާފައެވެ.