English Edition
Dhivehi Edition
.ފޭދޫ ސްކުލާއި ޏ.އަތޮޅު ތައުލީމީ މަރުކަޒާއި ގުޅިގެން ބޭއްވި ބިޒްނެސް ދަތުރު ނިންމާލައިފިއެވެ.
މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވި އެކްސްޗޭންޖް ޕްރޮގްރާމުގައި ޏ.އޭއީސީގެ 37 ދަރިވަރުންނާއި 10 މުވައްޒަފުން ބައިވެރިވެފައިވެއެވެ.
4 ދުވަހުގެ މުއްދަތަކަށް ކުރިޔަށް ގެންދިޔަ މި ޕްރޮގްރާމުގައި ބައިވެރިވި ޏ. އޭއީސީގެ ދަރިވަރުން އަައްޑޫގައި ތިބުމުގެ އިންތިޒާމު ހަމަޖައްސާފައިވަނީ ފޭދޫ، މަރަދޫ-ފޭދޫ، މަރަދޫ އަދި ހިތަދޫގައެވެ. މި ދަތުރުގައި ޏ.އޭއީސީގެ ދަރިވަރުންވަނީ އައްޑޫގެ ގިނަ ތަންތަނަށް ޒިޔާރަތްކޮށްފައެވެ. މީގެތެރޭގައި ހިތަދޫ ޕޯޓާއި، އައްޑޫ އައިސް ޕްލާންޓާއި، ކެނަރީފް އައިލެންޑް ރިސޯޓް ހިމެނެއެވެ.
މި ޕްރޮގްރާމް ފެށުމުގެ ގޮތުން މި މަހުގެ 21 ވަނަ ދުވަހުގެ ރޭ ފޭދޫ ސްކޫލުގައި ވަނީ މަރުހަބާ ކިޔުމުގެ ގޮތުން ހަފްލާއެއް ބާއްވާފައެވެ. މި ހަފްލާގެ ހުރިހާ ކަމެއް އިންތިޒާމްކުރީ ސްކޫލުގެ ޕްރިފެކްޓް ބޯޑުންނެވެ. މި ހަފްލާގައި ފޭދޫ ސްކޫލުގެ ގިނަ ދަރިވަރުން އެކި ހުށެހެޅުންތައް ހުށަހަޅައިދިނެވެ.
ފޭދޫ ސްކޫލަކީ އެހެން ސްކޫލުތަކާއި ގުޅިގެން މިފަދަ ޕްރޮގްރާމްތައް ހިންގަމުންދާ ސްކޫލެކެވެ. މީގޮތުން މިދިޔަ އަހަރު ދަރުމަވަންތަ ސްކޫލާއި ގުޅިގެން ހިންގި ކުލަގަދަ އެކްސްޗޭންޖް ޕްރޮގްރާމް ހިމެނެއެވެ.