ކުރީގެ ރައީސް އަބްދުލްﷲ ޔާމީން އަބްދުލް ގައްޔޫމް ހުންނެވި ޖަލުގެ ހާލަތު ވަރަށް ދަށް ކަމަށާއި އެމަނިކުފާނު ހުންނެވީ ކުޑަކުޑަ ގޮޅިއެއްގައި ކަމަށް އިދިކޮޅުން ބުނަމުން ދަނިކޮށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަށް ރައީސް ޔާމީންއާއި ބައްދަލުކުރުމުގެ ފުރުސަތު މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ދީފިއެވެ.
މިއަދު ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެޗްއާރުސީއެމަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކުރީގެ ރައީސް އަބްދުލްﷲ ޔާމީން އަބްދުލް ގައްޔޫމް އާއި ބަދަލު ކުރެއްވުމަށް އެޗްއާރުސީއެމްގެ 3 ބޭފުޅަކަށް މާލެ ޖަލަށް ވަޑައިގަތުމުގެ ހުއްދަ ކަރެކްޝަނުން ދީފައިވާ ކަމަށެވެ.
"HRCM ah hushahelhifaivaa massala akaa gulhigen" kureege Raees Yameen Abdul Qayyoom aai baddhal kurevvumah HRCM in 3 beyfulhaku Male' Jalah vadaigennevumun baddhal kurevvumah vanee huddha dhevifa
— Retd. Flt. A.Munaaz, CP, MCS (@a_munaaz) November 30, 2019
ރައީސް ޔާމީންގެ މައްޗަށް 5 އަހަރުގެ ޖަލު ހުކުމް އިއްވައި ކްރިމިނަލް ކޯޓުން ވަނީ އެމަނިކުފާނު 5 މިލިއަން ޑޮލަރު(77 މިލިއަން ރުފިޔާ) އިން ޖޫރިމަނާ ކޮށްފައެވެ. އަދި ހަމަސް ދުވަހުގެ ތެރޭގައި މި ލާރި ދެއްކުމަށްވެސް ކޯޓުން އަމުރުކުރިއެވެ.
އިދިކޮޅު ކޯލިޝަންގެ ދެ ޕާޓީ ޕީޕީއެމް އާއި ޕީއެންސީ އިން ބުނަމުން ދަނީ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ސިޔާސީ ދައުވާއެއް ކަމަށެވެ. އަދި އިދިކޮޅުން ދަނީ ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލާ މުޒާހަރާ ކުރަމުން ނެވެ.