English Edition
Dhivehi Edition

މާލޭގައި މިއަދު ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލައިފި އެވެ.

ފުލުހުންނާ ހަވާލާދީ “މިހާރު” ނޫހުން ރިޕޯޓްކުރާ ގޮތުގައި މާޔާ ކްލިނިކް ކައިރިން މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި ކަމުގެ މަޢުލޫމާތު ލިބިފައި ވަނީ މިއަދު މެންދުރުފަހު 13:18 ހާއިރު އެވެ. ނަމަވެސް މި މައްސަލައާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ފުލުހުން ދަނީ މިހާރު މި މައްސަލަ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި މި ހާދިސާގައި އަނިޔާވެފައި ވަނީ ބިދޭސީ އަކަށެވެ.