English Edition
Dhivehi Edition
ފަތަން ދަސްކޮށްދޭ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާރު/ފޮޓޯ: ޕޮލިސްމީޑިއާ

ފުލުހުންގެ ޚިދުމަތުން އައްޑޫސިޓީ ހުޅުމީދޫގައި ފަތަން ދަސްކޮށްދޭ ކޯހެއް ހިންގައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ރައްޔިތުންނާއި ގާތުން ޚިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހިންގި މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު އޮތީ ޖުލައި 3 ވަނަ ދުވަހުއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ސ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލް އާމިނަތު ޒީނިޔާއެވެ.

މި ޕްރޮގްރާމުގައި ލީޑް އިންސްޓްރަކްޓަރެއްގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުގެ ސުވިމިންގ އިންސްޓްރަކްޓަރ ސީނިއަރ ސާޖަންޓް މުހައްމަދު އަލީ ދީދީއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ހުޅުމީދޫ ޕޮލިސްގެ ސަޕޯޓް ސާވިސް މުވައްޒަފުންނާއި ގަން ޕޮލިސް، ހިތަދޫ ޕޮލިސް، ފުވައްމުލައް ސިޓީ ޕޮލިސް އަދި އެސް.އޯ އައްޑޫ ޑިޕްލޮއިމަންޓުގެ ފަރާތުން ވަރަށްބޮޑު އެއްބާރުލުމެއް ލިބިފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވައެވެ.

ޖޫން 12 އިން ޖުލައި 2 އަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި ހުޅުމީދޫގެ 9 އަހަރާއި 40 އަހަރާ ދެމެދުގެ 56 މީހުން ބައިވެރިވެ 37 ބައިވެރިއަކު ވަނީ ޕްރޮގްރާމުގެ ސްޓޭންޑަރޑް ލެވެލް އިން ފާސްވެފައެވެ.

އަތޮޅުތެރޭގައި މަސައްކަތްކުރާ ފުލުހުންދަނީ ރައްޔިތުންނާއި ސްކޫލު ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުންނާއި މުއައްސަސާތަކުގެ މުވައްޒަފުންނަށް މިފަދަ ތަފާތު ޕްރޮގްރާމުތައް ހިންގަމުންނެވެ.