English Edition
Dhivehi Edition

ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ހުދު ސަމާލު ނެރެފިއެވެ. މޫސުމާއި ބެހޭ އިދާރާއިން ހުދު ސަމާލު ނެރެފައި ވަނީ .އަތޮޅާއި މ.އަތޮޅާއި ދެމެދުގެ ސަރަހައްދަށެވެ. މި ސަރަހައްދުގެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފައި ވަނީ މިއަދު މެންދުރު 12:30 އާއި ހަމައަށެވެ.

މެޓް އޮފީހުން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެން ވާކަމަށެވެ.

ވައި ޖެހޭނެ ގޮތަށް ބަލާއިރު އިރާއި އިރު ދެކުނުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ، އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.

ކަނޑުތަކަށް ބަލާއިރު ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ އެވެ. ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާއި 5 ފޫޓާއި ދެމެދުގައެވެ.