English Edition
Dhivehi Edition

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ހުދު ސަމާލު ނެރެފިއެވެ. މޫސުމާއި ބެހޭ އިދާރާއިން ހުދު ސަމާލު ނެރެފައި ވަނީ ހއ.އަތޮޅުން ފެށިގެން ގދ.އަތޮޅާއި ހަމައަށެވެ.

މެޓް އޮފީހުން ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކަށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭއިރު މި ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއި އެކު ގުގުރާނެ އެވެ.

ވައިޖެހޭނެ ގޮތަށް ބަލާއިރު ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި، އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނުގައި ވައިޖެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.

މިދުވަސްކޮޅު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ އިދާރާއިން ވަނީ ލަފާދީފައެވެ.