English Edition
Dhivehi Edition
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދު - ފޮޓޯ: ރައީސް އޮފީސް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރުކަމުން ވަކިކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ދިރާސާކުރަން ޖުޑީޝަރީ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.

މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވަނީ ފަނޑިޔާރު ޣަނީ ސަސްޕެންޑްކޮށް މަޤާމުން ވަކިކުރުމަށް ޖޭއެސްސީ އިން ފޮނުވި މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީ އަށް ފޮނުވާފައިވާކަން މިއަދުގެ ޖަލްސާގައި އިއުލާންކުރައްވައިފަ އެވެ.

ގާނޫނު ބުނާގޮތުން ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވާ މެމްބަރުންގެ ތެރެއިން ތިން ބައި ކުޅަ ދެ ބައި މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްވުމުންނެވެ.

ސުޕްރީމްކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މަގާމުން ވަކިކޮށްފިނަމަ ސުޕްރީމްކޯޓުގައި ކުރީގައި ތިއްބެވި އެއްވެސް ފަނޑިޔާރަކު ނުތިއްބަވާނެ އެވެ.

މީގެ އިތުރުން ޖޭއެސްސީ އިން ވަނީ ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، ފަނޑިޔާރުކަމުގެ މަސައްކަތުން ވަގުތީ ގޮތުން ދުރުކުރަން ޖެހޭކަމަށް ފެންނަ ކަމަށް ބުނެ، ފަނޑިޔާރު ޣަނީ 60 ދުވަހުގެ މުއްދަތަކަށް ސަސްޕެންޑް ކުރުމަށްވެސް ނިންމައިފަ އެވެ.