English Edition
Dhivehi Edition

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫސިޓީގެ މޭޔަރު ކަމުގެ މަގާމަށް ރައްޔިތުންގެ ވޯޓުން ހޮއްވަވައި ދެއްވުން އެދޭ ކަމަށް މިހާރުވެސް އެ މަގާމު ފުރުއްވަވަމުން ގެންދަވާ އަބްދުﷲ ޞާދިގު (ސޯބެ) ވިދާޅުވެއްޖެއެވެ.

އައްޑޫސިޓީގެ ހިތަދޫ އުތުރުދާއިރާއިން ކައުންސިލަރު ކަމުގެ މަގާމަށް ވާދަކުރައްވަވައި އައްޑޫސިޓީގެ މޭޔަރު ކަމުގެ މަގާމު ޖެހިޖެހިގެން 3 ދައުރު ހަމަކުރައްވަވަމުން ގެންދަވާ ސޯބެ ވަނީ މިފަހަރުގެ އިންތިޚާބުގައި ވެސް ވާދަކުރައްވަވާނެ ކަން ރޭ އިއުލާން ކުރައްވަވާފައެވެ.

ސޯޝަލް މީޑިއާގައި އެކަން އިއުލާނު ކުރައްވަވަމުން ސޯބެ ވިދާޅުވެފައިވަނީ އިރާދަ ކުރެއްވިއްޔާ ކުރިއަށް އޮތް ސިޓީ ކައުންސިލް އިންތިޚާބުގައި ލޮބުވެތި ރައްޔިތުންގެ ވޯޓުން ހޮވާ ރައްޔިތުންގެ މޭޔަރަކަށް ހޮއްވަވައި ދިނުން އެދި އިންތިޚާބަށް ކުރިމަތިލައްވަވާ ކަމަށެވެ.

ކުރީ އިންތިޚާބު ތަކުގައި ކައުންސިލަރުންގެ މެދުގައި ނެގޭ ވޯޓަކުން މޭޔަރު ކަމުގެ މަގާމަށް ހޮވޭ ގޮތަށް ހަމަޖެހިފައިވީ ނަމަވެސް ލާމަރުކަޒީ ޤާނޫނަށް ގެންނަން ހަމަޖެހިފައިވާ އިސްލާހުގެ ދަށުން މޭޔަރުންނާއި ކައުންސިލްތަކުގެ ރައީސުން ހޮވާގޮތަށް ހަމަޖެހިފައިވަނީ ސީދާ ރައްޔިތުންގެ ވޯޓަކުންނެވެ.

އައްޑޫސިޓީ ގެ މޭޔަރު ކަމުގެ މަގާމަށް ސޯޝަލް މީޑިއާގައި ގިނަ ނަންތަކެއް ހުށަހަޅަމުން ދިޔަ ނަމަވެސް މިހާތަނަށް އެ މަގާމަށް ކުރިމަތި ލައްވަވާނެ ކަން ރަސްމީކޮށް ވިދާޅުވެފައިވަނީ ސޯބެގެ އިތުރުން ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓް ތަކަށް ބަލާއިރު ގިނަ ބަޔަކު ބޭނުންވަނީ ސިޓީގެ މޭޔަރު ކަމުގެ މަގާމަށް އާ ބޭފުޅަކު ގެނައުމަށެވެ.

ސޯބެގެ ޕޯސްޓާއި ގުޅިގެން ކޮމެންޓްކޮށްފައިވާ މީހަކު ބުނެފައިވާ ގޮތުގައި މޭޔަރ އޭ ބުނުމުން އެއީ ސޯބެ އަށް ކިޔާ ނަން ކަމަށް ކުޑަކުދިންނަށް ވިސްނެން ފަށައިފި ކަމަށާއި މީގެ ކުރިން ރައީސް އޭ ބުނުމުން އެއީ ރާއްޖޭގެ ވެރިކަން ކުރަން އެނގެނީ ރައީސް މައުމޫން ކަމަށް ހީވާގޮތަށް ވެއްޖެ ކަމަށް ވެސް ލިޔެފައިވެއެވެ. މީގެ އިތުރުން “ޒުވާން އެހެން ބޭފުޅަކަށް ފުރުސަތު ދިނުން ރަނގަޅު” ކަމަށާއި “ދެން ތިކަމާ ނޫޅެ އެހެން ބަޔަކަށް ފުރުސަތު ދީ” ފަދަ ކޮމެންޓްސް ތައް ވަނީ ކޮށްފައެވެ.

1 ކޮމެންޓް
ައަފިރިން
ނޮވެމްބަރު 27, 2019
ސޯބެ ހަލާކަކީ، ސައުދީ