English Edition
Dhivehi Edition
ފޮޓޯ: ގޫގަލް

މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ހުދު ސަމާލު ނެރެފިއެވެ.

މޫސުމާއި ބެހޭ އިދާރާއިން ހުދު ސަމާލު ނެރެފައި ވަނީ ކ.އަތޮޅުން ގދ.އަތޮޅާއި ހަމައަށެވެ.

މެދު ރާއްޖެތެރެއަށް ހުދު ސަމާލު ނެރެފައި ވަނީ 1730 އިން 2130 އާއި ހަމައަށެވެ.

މާދަމާ ހެނދުނު 0600 އާއި ހަމައަށް ރާއްޖޭގެ އެކި ހިސާބުތަކުގެ މޫސުން ލަފާކުރާ ގޮތައް ބަލާއިރު މެޓް އޮފީހުން ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއި އެކު ވިއްސާރަ ކުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުންވެސް އެކަށީގެންވެއެވެ.

ވައި ޖެހޭނެ ގޮތަށް ބަލާއިރު އިރާއި އިރުދެކުން ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެން ވެއެވެ.

ކަނޑުތަކަށް ބަލާއިރު ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ އެވެ. ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާއި 5 ފޫޓާއި ދެމެދުގަ އެވެ.