English Edition
Dhivehi Edition

ދެކުނުގެ އަތޮޅުތަކަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ހުދު ސަމާލު ނެރެފި އެވެ. މޫސުމާއި ބެހޭ އިދާރާއިން ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފައި ވަނީ މިރޭ 23:45 އިން 26 ވަނަ ދުވަހުގެ މެންދަމު 03:45 އާއި ހަމައަށެވެ.

މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ ދެކުނުގެ ސަރަހައްދަށް އުދަ އެރުމުގެ ފުރުސަތު ވެސް އެބަ އޮތް ކަމަށެވެ.

ރާއްޖޭގެ އެކި ސަރަހައްދު ތަކަށް މިރެއާއި މާދަމާ ވެސް ވިއްސާރަ ކުރާނެ އެވެ. ވައި ޖެހޭނެ ގޮތަށް ބަލާއިރު އިރާއި އިރުދެކުނުން ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެން ވެއެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ އެވެ. ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާއި 5 ދެމެދުގައެވެ.