English Edition
Dhivehi Edition

އުމުރުން 6 އަހަރުގައި ޔޫސުފް ބިން މާޒިން ޤުރްއާން ހިތުދަސްކޮށްފައިވާތީ، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ، ޔޫސުފް އާއި ބައްދަލުކުރައްވާ ހިތްވަރުދެއްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ޔޫސުފްގެ އިތުރުން ޔޫސުފްގެ މައިންބަފައިންނަށް ވަރަށް ބޮޑަށް ހިތްވަރުދެއްވާ މިކަމަށް މަރުޙަބާ ދެންނެވިއެވެ. އަދި މިކަމުގެ އަގުވަޒަންކުރުމުގެ ގޮތުން މިނިސްޓަރ ވަނީ ޔޫސުފްއަށް ހަދިޔާވެސް ދެއްވާފައެވެ. މީގެ އިތުރުން ހާފިޘުންގެ ލިސްޓުގައި ޔޫސުފް ހިމެނުމަށްޓަކައި ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ކޮމިޓީއަށް ކިޔައިދޭގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ. އަދި ވަރަށް އަވަހަށް މިކޮމިޓީއަށް ޔޫސުފް ހިފްޘު ކޮށްފައިހުރި މިންވަރު މިންވަރުބެލުމަށްޓަކައި ކިޔައިދޭނެ ކަމަށް އިސްލާމިކް އެފެއާޒް އިން ބުނެއެވެ.

މިއީ ދިވެހިރާއްޖޭގައި އުމުރުން 6 އަހަރުގައި ޤުރުއާން އެއްކޮށް ހިތުދަސްކޮށްފައިވާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލަންޖެހެއެވެ. ޔޫސުފް އަކީ އަމިއްލަ ޕްރީ ސްކޫލް، ދޮންދޫނީގައި ކިޔަވަމުން އަންނަ ކުއްޖެކެވެ. ރ. އިނގުރައިދޫ، ޔޫސުފް ބިން މާޒިން ޔޫސުފް ގުރުއާން ހިތުދަސް ކުރަން ފަށާފައިވަނީ ބޭބީ ނާސަރީން ފެށިގެންނެވެ. އެ ގުރޭޑްގައި އެއް ފޮތް ހިތުދަސްކުރިއިރު ނާސަރީގައި 2 ފޮތް ދަސްކުރި އެވެ. އަދި އެލްކޭޖީގައި ފަސް ފޮތް ދަސްކޮށް މިއަހަރު ޔޫލޭޖީގައި ޔޫސުފް ވަނީ 22 ފޮތް ދަސްކޮށްފައެވެ.