English Edition
Dhivehi Edition
ހިތަދޫ ޕޯޓް ލިމިޓެޑް - ފޮޓޯ: އެޗްޕީއެލް

އައްޑޫ ސިޓީގެ ފޭދޫ އާއި ހުޅުމީދޫގައި ފްލޯޓިންގ ޕްލެޓްފޯމްތަކެއް ހަދައިދޭނެ ފަރާތެއް ހޯދަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އަލުން އިއުލާންކޮށްފި އެވެ.

އެމްޕީއެލް އިން ބުނީ އެކަމަށް އަލުން އިއުލާންކޮށްފައި ވަނީ އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިދިޔަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު ކުރި އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަގު ހުށައަޅާފައި ނުވާތީ ކަމަށެވެ.

އެހެންކަމުން އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުމަށް އެމްޕީއެލް އިން ވަނީ އެދިފަ އެވެ. މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން ހަމަޖެހިފައި ވަނީ އެ ކުންފުނީގެ ހެޑް އޮފީހުންނާއި ސަދަން ޓްރާސްޕޯޓް ލިންކް (ފޭދޫ) ޔުނިޓުގައެވެ.

އެގޮތުން އެ މަސައްކަތަށް ޝައުޤުވެރިވާ 27 ނޮވެމްބަރު ވާ ބުދަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން މަޢުލޫމާތު ސާފުކުރުމަށްފަހު، 04 ޑިސެމްބަރު ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނެއެވެ.

އެމްޕީއެލް އިން ބުނީ ކަމަށް އެދި މަޢުލޫމާތު ސާފު ކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ކަމަށެވެ.